ދިވެހިރާއްޖެ
ނަންބަރު:FNK-I/IUL/2019/081
އިޢުލާން
ގުދަނެއް ކުއްޔަށް ހިފުމާއި ގުޅޭ:
މިކުންފުނީގެ ހެޑް އޮފީހުގެ ބޭނުމަކަށް މާލެއިން 600 އަކަފޫޓަށް ވުރެން ކުޑަނޫން ގުދަނެއް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 17 އެޕްރީލް 2019 ވާ ބުދަ 10:30 އަށް މި ކުންފުނީގެ ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ)އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު،23 އޭޕްރިލް 2019 ވާ އަންގާރަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅާނީ މި ކުންފުނީގެ ހެޑްއޮފީސް (ޕޯރޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) އަށެވެ.
މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި މި އިޢުލާނާއި ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ހުށަހެޅުމަށް ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް، އަންދާސީ ހިސާބު ބަލައިގަންނަ ގަޑީގައި ރިޖެކްޓްކުރެވޭނެ ވާހަކަ ދަންނަވަމެވެ. އަދި ބިޑް ކޮންމެ ވަގުތެއްގައި ބާތިލް ކުރުމުގެ ފުރިހަމަ އިޙްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެެވެ.
05 ޝައުބާން 1440
10 އެޕްރީލް 2019