ދިވެހިރާއްޖެ
މަޤާމް: އިމާމް (ވަގުތީ)
ބޭނުންވާ އަދަދު: 01 (ފިރިހެން)
ގިންތި: ވަގުތީ
ރޭންކު: އިމާމް – ޖީ އެސް 3 (GS3) ، މުދިމް – ޖީ އެސް 1 (GS1)
މުއްދަތު: މީލާދީ 01 އަހަރު
ވަޒީފާ އަދާކުރަންޖެހޭ ތަން: މަސްޖިދުލް ފިރުދައުސް (އަލަށް ހުޅުވުމަށް ހަމަޖެހިފައިވާ މިސްކިތް)
މަސައްކަތް ކުރަންޖެހޭ ވަގުތު: މިމަޤާމްމަށް ހޮވޭ ފަރާތްތަކުން މަސައްކަތް ކުރަންޖެހޭނީ މިސްކިތަށް ދާއިމީ މުވައްޒަފުންލިބެންދެން ނުވަތަ އިމާމުން ޗުއްޓީއާއި ސަލާމްގައި ތިބޭ ވަގުތުތަކުގައެވެ. އެހެންކަމުން މުސާރައާއި އެލަވަންސް ލިބިލައްވާނީ އެފަދަ ހާލަތުގައި ހަމައެކަނި މިސްކިތް ބަލަހައްޓަވާ ދުވަސްތަކަށެވެ.
މުސާރައާއި އެލަވަންސް: އިމާމް - ނަމާދުކުރާ ކޮންމެ ވަގުތަކަށް -/61ރ ރުފިޔާ އަދި މުދިމް - ނަމާދުކުރާ ކޮންމެ ވަގުތަކަށް -/53ރ ރުފިޔާ
ތަޢުލީމާއި ތަޖުރިބާ:
- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ހުރުން ނުވަތަ ހުކުރު ކުރުމުގެ ސަނަދު ލިބިފައިވުން
- އުމުރުން 18 އަހަރާއި 60 އަހަރާއި ދެމެދުގެ މީހުންނަށް އިސްކަންދެވޭނެވެ.
މަޤާމުގެ މަސްއޫލިއްޔަތު: މިސްކިތު މަސައްކަތު މުވައްޒަފުންގެ މަސައްކަތް ސުޕަވައިޒުކޮށް ބެލެހެއްޓުން ، އެގޮތުން މަސައްކަތު މުވައްޒަފުން މިސްކިތް ސާފުކުރަމުން ގެންދާ ގޮތާއި ނަމާދު ވަގުތުތަކަށް ޙާޟިރުވަމުން ގެންދާ ގޮތް މިސްކިތުގައި އޮންނަ ރިކޯޑް ފައިލްގައި ރިކޯޑްކޮށް ބެލެހެއްޓުން އަދި ދިމާވާ ކަންތައްތައް ޤަވައިދުން ކައުންސިލް އިދާރާއަށް ރިޕޯޓްކުރުން
ހުށަހަޅަންޖެހޭ ލިޔުންތައް: ވަޒީފާއަށް އެދޭ ފޯމް ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ދާއިރާއާއި ގުޅޭގޮތުން ލިބިފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ އަދި އެކައުންޓް ނަންބަރ އެނގޭނެ ފަދަ ލިޔުމެއްގެ ކޮޕީ
މަޤާމަށް އެދުމުގެ ސުން ގަޑީ: 22 އެޕްރީލް 2019 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން
މަޢުލޫމާތު ސާފުކުރުން: އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށްޓަކައި ރަސްމީ ގަޑީގައި 6528831 ނުވަތަ 6527180 އަށް ގުޅުއްވުން އެދެމެވެ.