ދިވެހިރާއްޖެ
`
މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
އުނގޫފާރު، ދިވެހިރާއްޖެ ނަންބަރު: IUL)303-AS/2019/24)
އިޢުލާން
1440 ވަނަ އަހަރުގެ ރަމަޟާންމަހު ކަރަންޓް ހިލޭ ދިނުމާއިގުޅޭ
އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުގެ ރަމަޟާންމަހުވެސް ރައްޔިތުންގެ އިންޖީނުގެއިން ދެމުންދާ ކަރަންޓްގެ ހިދުމަތް، ގޭބިސީތަކަށް ހިލޭ ދިނުމަށް ކައުންސިލްގެ ލަފާދޭ ކޮމެޓީގެ މަޝްވަރާއާއިއެކު ކައުންސިލްގެ 77 ވަނަ އާއްމު ބައްދަލުވުމުން ވަނީ ނިންމާފައެވެ. މިގޮތުން ކަރަންޓް ހިލޭ ދިނުމަށް ނިންމާފައިވަނީ 06 މެއި 2019 ން 2019 ޖޫން މަހުގެ ނިޔަލަށެވެ.
ކައުންސިލުން މި ނިންމުމަކީ އާއްމު ރައްޔިތުންނަށް ރަމަޟާންމަހާއި ގުޅިގެން ކޮންމެ އަހަރަކުވެސް ކުރަމުން އަންނަ ކަމަކަށްވެފައި، ކައުންސިލްގެ އެންމެ ބޮޑު އެއް ކަންބޮޑުވުންކަމުގައިވާ ބޭކާރުގޮތުގައި ކަރަންޓްގެ ބޭނުން ނުކުރުމަށް އެންމެހާ ރައްޔިތުންނަށް ނަސޭހަތްތެރިވާ ވާހަކަ ދަންނަވަމެވެ. އަދި ވީވަރަކުން ކަރަންޓް ޚަރަދު ކުޑަކުރުމަށް ވިސްނުން ބެހެއްޓެވުމަކީ ކައުންސިލްގެ ވަރަށް ބޮޑު އެދުމެއްކަމުގައިވެސް ދަންނަވަމެވެ. ކައުންސިލުން އެދޭ މިފަދަ ކަންކަމުގައި އާއްމު ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަކީ މިކައުންސިލުން އަބަދުވެސް ފާހަގަކޮށް ޝުކުރުއަދާކުރާކުރާ ކަމެއްކަން މިފުރުޞަތުގައި ފާހަގަކޮށްލަމެވެ.
މީގެ އިތުރުން މިހާރު ސަރުކާރުން ކަރަންޓްގެ ހިދުމަތުގެ އަގަށް ގެނެސްފައިވާ ބަދަލާއި ގުޅިގެން ކައުންސިލުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ކަރަންޓްގެ އަގަށް ބަދަލެއް ގެންނަ ނަމަ އެކަން 01 ޖުލައި 2019 ގެ ކުރިން އާއްމުކޮށް އަންގާ އިޢުލާން ކުރާނެ ވާހަކަ ދަންނަވަމެވެ.
16 ސައުބާން 1440
21 އެޕްރީލް 2019