ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު ނަންބަރ: (IUL)468-U02/468/2019/48 |
|
މިއިދާރާއިން ހިއުމަން ރިސޯސް އޮފިސަރގެ މަޤާމަށް މީހަކު ނެގުމަށް 31 މާރޗް 2019 ވަނަ ދުވަހު ކުރި ނަންބަރ (IUL)468-U02/468/2019/38އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރީމެވެ. |
|
މަޤާމް |
ހިއުމަން ރިސޯސް އޮފިސަރ |
މަޤާމްގެ ނަންބަރ |
J-291548 |
ބޭނުންވާ ޢަދަދު |
1 (އެކެއް ) |
މަޤާމްގެ ގިންތި |
ދާއިމީ |
މަޤާމްގެ ރޭންކް |
އެމް.އެސް.2 |
މަޤާމްގެ ކްލެސިފިކޭޝަން |
ޓެކްނިކަލް އޮފިސަރ ގްރޭޑް 2 |
ވަޒީފާ އަދާކުރަން ޖެހޭ ތަން |
ފުވައްމުލަކު ސިޓީކައުންސިލްގެ އިދާރާ |
މުސާރަ |
-/6295 ރުފިޔާ |
ސަރވިސް އެލަވެންސް |
-/2000 ރުފިޔާ |
އިތުރު ޢިނާޔަތްތައް |
ސަޕޯޓިންގ ކޯ އެލަވަންސް -/900 ރުފިޔާ ނުވަތަ ޓެކްނިކަލް ކޯ އެލަވަންސްއަށް ޝަރުތު ހަމަވާނަމަ މުސާރައިގެ %28 ލިބޭނެއެވެ. |
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް |
1- އިދާރާއަށް މުވައްޒަފުން ލެއްވުމާއި ވަކިކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ އިދާރީ މަސައްކަތްތައް ކުރުމާއި ސިވިލްސަރވިސް ވިއުގަރ މެދުވެރިކޮށް ފޮނުވަންޖެހޭ މަޢުލޫމާތުތައް ވިއުގަރ އަށް އަޅައި ފޮނުވުމާއި އެލިޔުންތަކުގެ ރެކޯޑް ބެލެހެއްޓުން. 2- މުވައްޒަފުންގެ ސަލާމާއި ޗުއްޓީގެ ރެކޯޑުތައް އެޗް އާރ ސިސްޓަމުން ބެލެހެއްޓުމާއި އެކަންކަމާގުޅޭ ގޮތުން ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުން. 3- މުވައްޒަފުންގެ އެޓެންޑެންސް ސިސްޓަމް ދުވަހުން ދުވަހަށް އަޕްޑޭޓްކުރުން 4- މުވައްޒަފުންގެ ޕާސަނަލް ރެކޯޑް ފައިލްތައް ރައްކާތެރިކަމާއެކު ބެލެހެއްޓުން 5- ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމެންޓް ކޮމިޓީގެ މަސައްކަތްތަކާއި ގުޅޭގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުމާއި ކޮމެޓީގެ އެންމެހާ ބައްދަލުވުންތަކުގެ ޔައުމިއްޔާލިޔެ ރައްކާކޮށް ބެލެހެއްޓުން 6- ކޮންޓްރެކްޓް މުވައްޒަފުން ލެއްވުމާއި ވަކި ކުރުމާއި އެމީހުންގެ ކޮންޓްރެކްޓު ހެދުން 7- މުވައްޒަފުންގެ ޕާފޯމްނެސް އެޕްރައިޒަލާބެހޭ އެންމެހާ މަސައްކަތްތައް ކުރުމާއި އެމަޢުލޫމާތުތައް ގުރާފްތަކުގެ ޒަރިއްޔާއިން ތައްޔާރުކުރުމާއި މުވައްޒަފުންނާއި އެ މައުލޫމާތުތައް ހިއްސާކުރުން. 8- މުވައްޒަފުންގެ މެދުގައި އޮންނަ ގުޅުން ރަނގަޅު ކުރުމައްޓަކައި ސެކްޝަންގެ ވެރިޔާގެ އިރުޝާދުގެ ދަށުން ޕޮރުގުރާމްތައް ރާވައި ހިންގުން. 9- މުވައްޒަފުންގެ އެކި އެކި ސްކީމްތަކަށް ބޭނުންވާ ލިޔެކިއުންތައް ތައްޔާރުކޮށް ދޫކުރުން 10- ސަޖެޝަން ބޮކްސްގެ އެހީގައި މުވައްޒަފުންގެ ޚިޔާލު ހޯދޭނޭ ނިޒާމެއް ގާއިމުކޮށް ހަފްތާއަކު އެއްފަހަރު އެމަޢުލޫމާތު ސުޕަވައިޒަރާ ޙިއްސާކުރުން. 11- ސިވިލްސަރވިސް ގާވާއިދާއި އެއްގޮތަށް މުވައްޒަފުން އަމަލުކުރުމަށް ބާރުއެޅުމުގެގޮތުން އިތުރަށް ރަނގަޅު ކުރަންޖެހޭ ކަންތައް ބަލައި ސެކްޝަންގެ ވެރިޔާގެ ލަފާއާއި އެއްގޮތަށް އެކަންތައްތައް ރަނގަޅުކުރުމަށް މަސައްކަތްކުރުން. 12- މުވައްޒަފުންގެ ޗުއްޓީ ޕްލޭން ހެދުން 13- އިދާރާ އިން ކުރާ އެންމެހާ ކަންކަމުގައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން. 14- ޚާއްޞަ ޙާލަތްތަކާ ގުޅިގެން ދިމާވާ ކަންތައްތައްކުރުން |
މަޤާމުގެ ޝަރުޠުތައް: |
|
ހުށަހަޅަންޖެހޭ ލިޔުންތައް |
ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ. ) ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭ ގޮތަށް ) ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެގޭ ފަދަ ކޮޕީއެއް. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ: (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ. ( ށ) މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓްތަކާއި ޓްރާންސްކްރިޕްޓުގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީ. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ. ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ. މަސައްކަތު ތަޖުރިބާ ގެ ލިޔުންތަކުގެ ކޮޕީ: (ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި، ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް. |
ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް |
|
މަގާމަށް އެދެންވީ ގޮތާއި ސުންގަޑި |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2 މޭ 2019 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް info@fuvahmulah.gov.mv އަދި ފެކްސް 6860958 މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު |
މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 05 މޭ 2019 އާއި 09 މޭ 2019 އާ ދެމެދު ފުވައްމުލަކު ސިޓީ ކައުންސިލްގައެވެ. |
ޝޯޓް ލިސްޓުކުރުން |
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ |
މިއިދާރާގެ ފޯން ނަންބަރ 6865001،6860004، 6862030, ފެކްސް: 6860958އީމެއިލް:info@fuvahmulah.gov.mv |
17 ޝަޢުބާން 1440 22 އެޕްރީލް 2019 |