އުނގޫފާރު ސްކޫލް
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

ނަންބަރު:GS210/IUL/2019/20

 

ޢިއުލާން

އަންދާސީ ހިސާބް ބޭނުންވެއްޖެ

 

                        މި ސްކޫލްގެ ނަންބަރު GS210/IUL/2019/16  ( މާރޗް 2019 27 )  އިއުލާން އަށް އެއްވެސް ފަރާތަކުން އިޖާބަދެއްވާފައިނުވާތީ ދެންނެވިފައިވާ އިއުލާން ބާތިލްކޮށް އަލުން މިސްކޫލްގެ ސްޓާފުންގެ ދެފާހާނާ ހެދުމުގެ މަސައްކަތަށް އެސްޓިމޭޓް ހުށަހެޅުއްވުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 28 އޭޕްރީލް 2019 ވާ އާދީއްތަ ދުވަހުގެ މެންދުރު 13:00 އަށް މިސްކޫލަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 09 މެއި 2019 ވާ ބުރާސްފަތި ދުވަހު 11:30 އަށް ސްކޫލަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި އަންދާސީހިސާބު ހުށައެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19)ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

  އިތުރުމައުލޫމާތު ސާފުކުރެއްވުމަށް މިސްކޫލުގެ ނަންބަރު 6580262 އަށް ގުޅުއްވުންއެދެމެވެ. 

                     23 އޭޕްރީލް 2019

 

 

23 އޭޕްރިލް 2019
ހޯދާ