ދިވެހިރާއްޖެ
ސިއްޙީ ދާއިރާއަށް ބޭނުންވާ ސްޕެޝަލިސްޓް ޑޮކްޓަރުން ތަމްރީން ކުރުން |
ނޭޕާލްގެ ޓްރިބުވާން ޔުނިވަރސިޓީގެ އިންސްޓިޓިއުޓް އޮފް މެޑިސިންގައި ހިންގުމަށް ހަމަޖެހިފައިވާ ތިރީގައިވާ ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުޞަތު އޮތްކަމަށް މިނިސްޓްރީ އޮފް ހެލްތުން ވަނީ އަންގަވާފައިވެއެވެ. މިޕްރޮގްރާމްތަކުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ 2 މެއި 2019 އެވެ.
ވީމާ، މިޕްރޮގްރާމްތަކުގައި އަމިއްލަ ޚަރަދުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 29 އޭޕްރީލް 2019 ވަނަ ދުވަހު 14:00 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތާއި ގުޅުއްވައިގެން ކުރިއަށް ގެންދެވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިނިސްޓްރީ އޮފް ހެލްތްގެ ފޯނު ނަންބަރ 3014450 އަށް ގުޅުއްވުން އެދެމެވެ.
* ކެންޑިޑޭޓުން ހޮވޭ ކޯހާއި ކޯސް ހިންގާ އިންސްޓިޓިއުޓް، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުންނާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އިން ޤަބޫލުކުރޭތޯ ކަށަވަރު ކުރެއްވުން އެދެމެވެ.
|