ދިވެހިރާއްޖެ
`
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
މާލެ، ދިވެހިރާއްޖެ. ނަމްބަރ: 10F/10/2019/55
އިޢުލާން
މި މިނިސްޓްރީ ހިންގަމުން ގެންދާ ވެލާނާގެ (10 ވަނަ) ފަންގިފިލާގެ އެއަރކޯންތައް 1 ( އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ސަރވިސްކޮށް ދޭނެ ފަރާތެއް ހޯދުމަށް ކުރި ނަމްބަރ: (IUL)10-F/10/2019/52 އިޢުލާނާއި ގުޅިގެން ބިޑް ހުށަހެޅުމަށް އައީ އެންމެ ފަރާތަކުން ކަމަށްވާތީ އެ އިޢުލާން ބާތިލްކޮށް އެ މަސައްކަތް ކުރާނެ ބަޔަކު ހޯދުމަށް ދެވަނަ ފަހަރަށް އިޢުލާން ކުރަމެވެ.
ވީމާ، މިމަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 13 މެއި 2019 ވާ ހޯމަ ދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 16 މެއި 2019 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި،ގަޑިއަށް ވަޑައި ނުގަންނަވާ ފަރާތްތަކުގެ އަންދާޒީ ހިސާބު ބަލައި ނުގަނެވޭނެކަމުގައި ދެންނެވީމެވެ.