ދިވެހިރާއްޖެ
`
މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
އުނގޫފާރު، ދިވެހިރާއްޖެ ނަންބަރު: IUL)303-AS/2019/28)
އިޢުލާން
މިކައުންސިލުން ދޭ މައުލޫމާތާއި އެއްގޮތައް ޓްރާންސްފޯމަރ ސަބްސްޓޭޝަނެއް ބަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
މިކައުންސިލުން ދޭ މައުލޫމާތާއި އެއްގޮތައް ޓްރާންސްފޯމަރ ސަބްސްޓޭޝަނެއް ބަހައްޓައި ދިނުމަށް އެދޭފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ 16 މެއި 2019 ވާ ބުރާސްފަތި ދުވަހުގެ 11:30ގައި މިއިދާރާގައެވެ. އަދި މިމަސައްކަތް ކޮށްދިނުމަށް އެދި ހުށަހަޅާ ބިޑްތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 23 މެއި 2019 ވާ ބުރާސްފަތި ދުވަހުގެ 11:30 ގައި މިއިދާރާގައެވެ. މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ބޭފުޅަކަށް މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނެވެން ނެތްފަދަ ޙާލަތެއް ދިމާވެއްޖެނަމަ ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ބަދަލުގައި ފޮނުއްވިކަން އެނގޭ ސިޓީއެއް ، އަދި ކުންފުންޏަކުން ފޮނުއްވާނަމަ އެއީ ކޮންކުންފުންޏެއް ތަމްސީލު ކުރުމަށްކަން އެނގޭނެ ކުންފުނީގެ ލެޓަރހެޑުގައި ލިޔެފައިވާ ސިޓީއެއް ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދި ދަންނަވަމެވެ. އަދި ހުށަހަޅާ ފަރާތަކީ ކުންފުންޏެއް ނުވަތަ ޕާރޓްނާޝިޕެއް ނުވަތަ އަމިއްލަފަރުދުންގެ ވިޔަފާރި އަކުންނަމަ އެތަނެއްގެ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. މިމަސައްކަތަށް އެދި ހުށައަޅާ އަންދާސީ ހިސާބް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މި މަސައްކަތަށް އެދި ހުށައަޅުއްވާ ސިޓީއުރައިގެ ބޭރުގައި " ޓްރާންސް ފޯމަރ ސަބްސްޓޭޝަން ބެހެއްޓުމަށް އެދި މިހެންލިޔެފައި އޮންނަންވާނެއެވެ. އަދި މީގެ އިތުރުން އަންދާސީ ހިސާބް ހުށައަޅާ ފަރާތުގެ ނަމާއި، އެޑުރެސް އަދި ފޯން ނަމްބަރ ސިޓީއުރާގެ ބޭރުގައި އޮންނަން ވާނެއެވެ.
ތިރީގައި އެވަނީ ހުށަހަޅަންޖެހޭ ލިޔެކިއުންތަކުގެ ތަފްސީލްއެވެ.
- ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ
- ކުންފުނީގެ ޕްރޮފައިލް
- ކުންފުނީގެ އެންމެފަހުގެ 3 މަހުގެ ފައިނޭޝިއަލް ސްޓޭޓަސްގެ ސަމަރީ ޝީޓް
- މީރާ އަށް ޓެކްސް ދައްކަމުންދާކަމުގެ ލިއުމެއް
- ޕެންޝަންގައި ރަޖިސްޓްރީވެ ފައިސާ ދައްކަމުންދާކަމުގެ ލިއުމެއް
- މިފަދަ މަސައްކަތެއް ކުރީގައި ކޮށްފައިވާނަމަ އެމަސައްކަތްތަކުގެ ތަފްސީލް އަދި ނިއްމިކަމުގެ ލިއުން
- މިޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށްގެންދާނެ ގޮތުގެ ޕްލޭން
- މިޕްރޮޖެކްޓްގެ މަސައްކަތް ލީޑްކުރާނެ އިންޖިނިއަރގެ މޯލްޑިވްސް އެނާރޖީ އޮތޯރިޓީ ގެ ލައިސަންސްގެ ކޮޕީ
- ޕޭމަންޓް ޕްލޭން (ޖީ އެސް ޓީ ވަކިން އެގޭ ގޮތަށް)
- އަގު ހުށަހަޅާއިރު އައިޓަމް 1,2,3,4,5 ގައި ހިމެނޭ އައިޓަމް ތަކަށް ވަކިވަކިން އަގު ހުށަހެޅުން
- މިމައުލޫމާތު ޝީޓްގައި ބަޔާންކޮށްފައިވާ ކުރަންޖެހޭ މަސައްކަތަށް (އައިޓަމް 6) ވަކިން އަގު ހުށަހެޅުން
- އައިޓަމް 1,2,3,4,5 ގައި ހިމެނޭ އައިޓަމްތަކަށް ހުށަހަޅާ ތަކެތީގެ ތަފުސީލް ސްޕެސިފިކޭޝަންސް (އެޓޭޗް ކުރެވިފައިވާ ޝީޓްގައިވާ ގޮތައް)
- އައިޓަމް1,2,3,4,5 ގައި ހިމެނޭ ތަކެތި މިޕްރޮޖެކްޓްގެ ބޭނުމަށް އުފައްދައިދޭނެ ކަމަށް ސަޕްލަޔަރ ދޭލިޔުން ހުށަހެޅުން
- އައިޓަމް1,2,3,4,5 ގައި ހިމެނޭ ތަކެއްޗަށް އަދި އައިޓަމް 6 ގައި ބަޔާންކޮށްފައިވާ މަސައްކަތަށް ވޮރަންޓީ ދޭނެގޮތް ވަކިން އެގޭ ގޮތަށް ހުށަހެޅުން
- ޓްރާންސްފޯމަރ ތަކާއި ސްވިޗްގިއަރ ތަށް މެނުފެކްޗަރ ކުރުމަށްފަހު ފެކްޓަރީ ޓެސްޓް ކުރުމުގެ ކަންތައްތަށް ގެންދާނެގޮތް ބަޔާންކުރަން ވާނެއެވެ.
ބިޑަށް ޕޮއިންޓް ދިނުމަށް ކަނޑައަޅާފައިވާ އުޞޫލުން އެންމެ ގިނަ ޕޮއިންޓު ލިބިގެން ބިޑް ކާމިޔާބުކުރާ ފަރާތަށް ކައުންސިލުން އެކަން އަންގާތާ 10 ދުވަހުގެ ތެރޭގައި އެއްބަސްވުމުގައި ސޮއިކޮށް ނިންމަން ޖެހޭނެއެވެ. އެއްވެސް ސަބަބަކާހުރެ މި މުއްދަތުގައި އެއްބަސްވުމުގައި ސޮއި ނުކުރެވިއްޖެނަމަ ބިޑްހުށަހެޅި ފަރާތްތަކުގެ ތެރެއިން ދެވަނަ އަށް އެންމެ ގިނަޕޮއިންޓު ލިބުނުފަރާތް އެދޭނަމަ އެފަރާތަށް މަސައްކަތް ޙަވާލުކުރުން ނުވަތަ އަލުން ބިޑްކުރުމުގެ އިޚްތިޔާރު މި ކައުންސިލަށް ލިބިގެންވާނެއެވެ.
ޕްރޮޕޯސަލްތަކަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާގޮތް
- ޕްރޮޖެކްޓްގެ އަގު ( ސާޅީސް މާކުސް )
- ޕްރޮޖެކްޓްގެ ޓެކްނިކަލް ޕްރޮޕޯސަލް ( ވިހިމާކުސް )
- ފައިސާ ދައްކާނެ ގޮތް (ވިހިމާކުސް )
- ޕްރޮޖެކްޓްގެ މުއްދަތު ( ދިހަމާކުސް )
- މަސައްކަތުގެ ތަޖުރިބާ (ދިހަމާކުސް )
09 މެއި 2019