ދިވެހިރާއްޖެ
އިޢުލާން:
މިކުންފުނީގެ ހެޑްއޮފީހުގެ އިންޖީނުގޭގައި ހުރި ހަލާކުވެ ބޭނުން ނުކުރެވޭ މި ދަންނަވާ ތަކެތި ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުންވެއެވެ.
- ވަޓްސިލާ އިންޖީނުގެ ސްޕެއަރޕާރޓް (ހަލާކުވެފައި)
- · 03 ކަމިންސް ކިއު އެސް ކޭ ރޭޑިއޭޓަރ (ހަލާކުވެފައި)
- ބާސާމާނުތަކެއް (ހަލާކުވެފައި)
މި ތަކެތީގެ ނީލަން ފެށޭ އަގަކީ 5,000.00 (ފަސްހާސް) ރުފިޔާއެވެ. މިތަކެތީގެ ނީލަމަށް އިތުރު ކުރެވޭނީ މަދުވެގެން 500.00 (ފަސްސަތޭކަ) ރުފިޔާއެވެ.
ވީމާ، މި ނީލަމުގައި ބައިވެރިވެވަޑައިގަތުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 2019 މޭ 15 ވާ ބުދަ ދުވަހުގެ 11:00 އާއި 12:00 އާ ދެމެދު ސްޓެލްކޯ ހެޑް އޮފީހަށް ވަޑައިގެން މިތަކެތި ބެއްލެވުމަށް ފަހު، ހުށަހަޅުއްވާ އެންމެ މަތީއަގު އަދި އައި.ޑީ.ކާޑުގެ ފޮޓޯކޮޕީއަކާ އެކު ސިޓީއުރައެއްގައި ބަންދު ކުރެއްވުމަށް ފަހު، 2019 މޭ 16 ވާ ބުރާސްފަތި ދުވަހުގެ 11:30 އަށް މިކުންފުންޏަށް ވަޑައިގެން ހުށަހެޅުއްވުމަށް އެދެމެވެ. އަދި މިތަކެތި ނީލަން ނިމޭތާ 02 ދުވަހުގެ ތެރޭގައި ނީލަން ކާމިޔާބު ކުރެއްވި ފަރާތުން، ފައިސާ ދެއްކެވުމަށް ފަހު ތަކެތި ގެންދަވަން ވާނެއެވެ. މި މުއްދަތުގައި ތަކެތި ނުގެންދަވައިފި ނަމަ ނީލަން ބާޠިލްކޮށް އެތަކެތި އަލުން ނީލަމަށް، ލެވޭނޭ ކަމަށާއި، ދެވަނަ ފަހަރަށް ކިޔާ ނީލަމުގައި، ނީލަމުން ތަކެތި ނެންގެވުމަށް ފަހު ނުގެންދެވި ފަރާތަށް ބައިވެރި ނުވެވޭނޭ ކަމުގައި ދެންނެވީމެވެ.
މިތަކެތި ބައްލަވައިލައްވަން ބޭނުންވެލައްވާ ފަރާތްތަކުން ނަންބަރު: 7793503 ފޯނާ ގުޅުއްވުން އެދެމެވެ.