ދިއްފުށީ ޞިއްޙީ މަރުކަޒު، ކ. ދިއްފުށި
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކ.ދިއްފުށީ ޞިއްޙީމަރުކަޒުގެ އިމާރާތް އަމިއްލަ ތަކެތީގައި މަރާމާތު ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ
ކ.ދިއްފުށީ ޞިއްޙީ މަރުކަޒުގެ އިމާރާތް މަރާމާތު ކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތް ތަކުން 2019 މެއި 22 ވާ ބުދަ ދުވަހުގެ 11:00 އަށް ކ.ދިއްފުށީ ޞިއްޙީ މަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2019 މެއި 27 ވާ ހޯމަ ދުވަހުގެ 12:00 ކުރިން ކ.ދިއްފުށީ ޞިއްޙީ މަރުކަޒަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާއިރު އައިޑީ ކާރޑް އަދި ބަދަލުގައި މީހެއް ފޮނުއްވާ ނަމަ ތަމްސީލްކުރާ ފަރާތުގެ ސިޓީއެއް ގެނެއުމަށް ދަންނަވަމެވެ.
އަދި ދަންނަވަމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.
16 މޭ 2019
ހޯދާ