އަރިއަތޮޅު އުތުރުބުރީ ރަސްދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
އއ. ބޮޑުފޮޅުދޫ މެޖިސްޓްރޭޓް ކޯޓު ހިންގުމަށް ލިބިފައިވާ ޢިމާރާތުގައި ކުރަންހުރި މަރާމާތުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުން

`

 

އަރިއަތޮޅު އުތުރުބުރީ ރަސްދޫ މެޖިސްޓްރޭޓް ކޯޓު

           އއ.ރަސްދޫ،

            ދިވެހިރާއްޖެ.

 

 

ނަންބަރު:U2MC-A/2019/04 

އިޢުލާން

 

އއ. ބޮޑުފޮޅުދޫ މެޖިސްޓްރޭޓް ކޯޓު ހިންގުމަށް ލިބިފައިވާ ޢިމާރާތުގައި ކުރަންހުރި މަރާމާތުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންފުޅުވާ ފަރާތްތަކަށް މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ދިނުމުގެ ސެޝަން އޮންނާނީ: 27 މޭ  2019 ވަނަ ދުވަހު 13:00 ގައި، އަދި، އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ: 02 ޖޫން 2019 ވަނަދުވަހުގެ 13:00 ގައި، އއ. ރަސްދޫ މެޖިސްޓްރޭޓް ކޯޓާއި، އއ. ބޮޑުފޮޅުދޫ މެޖިސްޓްރޭޓް ކޯޓުގައެވެ. އަދި، މަޢުލޫމާތު ސެޝަނަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުސަތެއް ނޯންނާނެއެވެ.

އަންދާސީ ހިސާބު ހުށަހެޅުމަށްޓަކައި ބޭނުންވާ ލިޔުންތައް މައުލޫމާތުދޭ ޝެޝަންގައި ބައިވެރިވެވަޑައިގަންނަވާ ފަރާތްތަކަށް ލިބިވަޑައިގަންނަވާނެއެވެ.

 

މިކަމަށް މި ކޯޓުންކުރި ނަމްބަރ: U2MC-A/2019/01  (26 މާރިޗު 2019 ) އިޢުލާނާ ގުޅިގެން ހުށައަޅުއްވާފައިވާ، އަންދާސީ ޙިސާބުތަކާއެކު، ހުށަހަޅުއްވަންޖެހޭ ބައެއް މަޢުލޫމާތު ހުށަހަޅުއްވާފައި ނުވާތީ، އެ އަންދާސީ ހިސާބުތައް ބާޠިލްކޮށް އަލުން އިޢުލާން ކުރީމެވެ.

 

15 ރަމަޟާން 1440

20  މޭ    2019

 

 

 

 

                                                ޢަބްދުﷲ ޝާކިރު

                                                ކޯޓް އެޑްމިނިސްޓްރޭޓަރ

20 މޭ 2019
ހޯދާ