ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ދ.މީދޫ މެޖިސްޓްރޭޓް ކޯޓުގެ ލަކުޑިން ހަދާފައި ހުރި 3(ތިނެއް) ބޮޑުދޮރާއި ދޮރުފަތުގެ ބަދަލުގައި އެލްމެނިއަމްއިން ދޮރާއި ދޮރުފަތް އަމިއްލަތަކެތީގައިހަދައި ހަރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

މިކޯޓުގެ ނަންބަރު M8C-A/2019/03 (24 އޭޕްރީލް 2019) އިޢުލާނަށް އެކަށީގެންވާ ޢަދަދަށް އެސްޓިމޭޓް ހުށަހަޅާފައިނުވާތީ އެއިޢުލާން ބާޠިލްކޮށް، އަލުން އެމަސައްކަތް ކޮށްދޭނެފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.

ދ.މީދޫ މެޖިސްޓްރޭޓް ކޯޓުގެ ހުޅަނގުފަރާތުން ބޭރަށްވާގޮތަށް، ލަކުޑިން ހަދާފައި ހުރި 3(ތިނެއް) ބޮޑުދޮރާއި ދޮރުފަތުގެ ބަދަލުގައި އެލްމެނިއަމްއިން ދޮރާއި ދޮރުފަތް އަމިއްލަތަކެތީގައިހަދައި ހަރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.    

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 26 މެއި 2019 ވަނަ ދުވަހުގެ 10:00 އަށް ދ.ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓަށް، ނުވަތަ ދ.މީދޫ މެޖިސްޓްރޭޓް ކޯޓަށް،  ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 02 ޖޫން 2019 ވަނަ ދުވަހުގެ 10:00 އަށް، މަޢުލޫމާތު ސާފުކުރެއްވި ކޯޓަކަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މިމަސައްކަތް ޙަވާލުކުރެވޭނީ، ރަޖިސްޓްރީކޮށްފައިވަ ކުންފުނި ތަކާއި، ޕާޓްނަޝިޕްތަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

21 މޭ 2019
ހޯދާ