ދިވެހިރާއްޖެ
މަޤާމް |
އެޑްމިނިސްޓްރޭޓިވް އޮފިސަރ |
||||||||
މަޤާމްގެ ނަންބަރ |
J-259153 |
||||||||
ބޭނުންވާ ޢަދަދު |
01 |
||||||||
މަޤާމްގެ ގިންތި |
ދާއިމީ |
||||||||
މަޤާމްގެ ރޭންކް |
ޖީ އެސް 3 |
||||||||
މަޤާމްގެ ކްލެސިފިކޭޝަން |
އޮފިސަރ ގްރޭޑް 1 |
||||||||
ވަޒީފާ އަދާކުރަންޖެހޭތަން |
ނައިފަރު ކައުންސިލް އިދާރާ / ކޯޕަރޭޓްއެފެއާރޒް |
||||||||
މުސާރަ |
މަހަކު -/4465ރުފިޔާ |
||||||||
ސަރވިސް އެލަވަންސް |
މަހަކު - /1500ރުފިޔާ |
||||||||
އެހެނިހެން އެލަވަންސް |
|
||||||||
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް |
1- ކައުންސިލް އިދާރާއިން ހުސްވާ މަގާމުތަކަށް މުވައްޒަފުން ނެގުމަށް ކުރަންޖެހޭ މަސައްކަތް ކުރުން 2- ކައުންސިލް އިދާރާގެ މުވައްޒަފުންގެ ރަޖިސްޓްރީ ބެލެހެއްޓުން 3- މުވައްޒަފުންގެ ސަލާމާއި، ޢާއިލީ ޒިންމާއާއި، އަހަރީ ޗުއްޓީއާއި މިނޫންވެސް އެހެނިހެން ޗުއްޓީތަކުގެ ރެކޯޑް ބެލެހެއްޓުމަށް ކުރަންޖެހޭ މަސައްކަތް ކުރުން 4- ކައުންސިލް އިދާގެ މުވައްޒަފުގެ ހާޒިރީ އާއި އިތުރުގަޑީގެ ކަންކަން ބެލެހެއްޓުން 5- ކައުންސިލް އިދާރާގެ މުވައްޒަފުނާއި ގުޅޭ ލިޔެކިއުންތައް ވިއުގަ އަށް އަޕްލޯޑް ކުރުމާއި، އެކަމާއި ގުޅިގެން ކުރަންޖެހޭ ކަންކަން ކުރުން 6- މުވައްފުންނާއި ގުޅޭ ލިޔުންތައް މުވައްޒަފުންގެ ޕާސަނަލް ފައިލްގައި ރައްކާކުރުމާއި، ފައިލްތައް ބެލެހެއްޓުމަށް ކުރަންޖެހޭ މަސައްކަތް ކުރުން 7- އެކި ކަންކަމަށް މުވައްޒަފުން ވީއްލުން / ދޫކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުމާއި އެކަންކަމާއި ގުޅޭ ރެކޯޑް ބެލެހެއްޓުން 8- މުވައްޒަފުންނަށް އަންގަންޖެހޭ އެންމެހައި އެންގުތަކާއި، ފޮނުވަންޖެހޭ ލިޔެކިއުންތައް މުވައްޒަފުންނަށް ފޮނުވުމަށް / އެންގުމަށް ކުރަންޖެހޭ މަސައްކަތް ކުރުން 9- މުވައްޒަފުންގެ ޕާފޯމަންސް އެޕްރައިސަސް ފުރިހަމަކުރުމަށް ފުރިހަމަކުރުމަށް ފޯމުތަކުގައި އެޗް.އާރު އިން ފުރިހަމަކުރަންޖެހޭ ބައި ފުރިހަމަކުރުމާއި، އެކަމާއި ގުޅިގެން ތައްޔާރުކުރަންޖެހޭ ރިޕޯޓްތައް ތައްޔާރު ކުރުމާއި، ފޯމުތައް ވިއުގަ އަށް އަޕްލޯޑް ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުން 10- ޓްރޭނިން ނީޑް އެނަލިސިސް ހެދުމުގައި ޔުނިޓްގެ ހެޑަށް އެހީތެރިވެދިނުން 11- ކައުންސިލް އިދާރާގެ ލޯކަލް އޭރިއާ ނެޓްވޯކް މެއިންޓެއިންކޮށް ބެލެހެއްޓުމަށް ކުރަންޖެހޭ މަސައްކަތް ކުރުމާއި އެކަމުގައި އެހީތެރިވުން 12- އޮފީހުގެ ކޮމްޕިއުޓާރ ސިސްޓަމްތަކަށް ދިމާވާ މައްސަލަ ހައްލުކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުން 13- ކައުންސިލް އިދާރާގެ މަސައްކަތުގެ ތެރެއިން ޒިންމާދާރު ވެރިޔާ ހަވާލުކުރާ މަސައްކަތްތައް ކުރުން. 14- ހަވާލުކުރެވޭ މަސައްކަތްތަކާއި ގުޅިގެން، އަދާކުރަންޖެހޭ އެހެނިހެން މަސްއޫލިއްޔަތުތައް އަދާކުރުން. 15- ޔުނިޓުން ކުރާ އެހެނިހެން މަސައްކަތްތަކުގާ އެހީތެރިވެދިނުން. 16- ކައުންސިލްއިދާރާގެ އަދި ޔުނިޓްގެ މަސައްކަތުގެ ތެރެއިން ޚާއްޞަ ހާލަތްތަކުގައި ޙަވާލުކުރެވޭ މަސައްކަތްތައް ކުރުން. |
||||||||
މަޤާމުގެ ޝަރުޠުތައް |
1- ސާނަވީ ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުން |
||||||||
ހުށަހަޅަންޖެހޭ ލިޔުންތައް |
(ހ). މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ. (ށ). މަތީ ތައިލީމު ދޭ، ރާއްޖޭގެ މަރުކަޒުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
(ހ). ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ). އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް. |
||||||||
ވަޒީފާއަށް މީހަކު ހޮވުމުގައި ބެލޭނެ ބައެއް ކަންތައްތައް |
|
||||||||
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 ޖޫން 12 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް council@naifaru.gov.mv އަދި ފެކްސް 6620391 މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
||||||||
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 2019 ޖޫން 18 އާއި 27 އާ ދެމެދު، ފާދިއްޕޮޅު ނައިފަރު ކައުންސިލް އިދާރާގައެވެ. |
||||||||
ޝޯޓް ލިސްޓްކުރުން: |
މި ވަޒީފާއަށް އެދި ހުށަހަޅާ ޝަރުތުހަމަވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
||||||||
ނޯޓް |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6620340 އަށެވެ. ފެކްސް ކުރާނެ ނަންބަރަކީ 6620391 އެވެ. އީ-މެއިލް ކުރާނީ council@naifaru.gov.mv އަށެވެ. |