ބ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބ. އަތޮޅު މަދަރުސާގެ ލައިބްރަރީގައި ތަށިމުށި ޖެހުން
މިމަދަރުސާގެ ލައިބްރަރީގައި މިހާރުޖަހާފައި ހުރި ތަށިމުށިތަށް ތަޅައި އަލުން ނަގައި އުކާލުމަށްފަހު އައު މުށި އަމިއްލަތަކެތީގައި ޖަހައިދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތައް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާނެއެވެ.
- މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 26 މެއި 2019 އިން 30 މެއި 2019 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ.
- މިމަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 02 ޖޫން 2019 އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- މިމަސައްކަތާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 03 ޖޫން 2019 ވާ ހޯމަ ދުވަހުގެ 11:00 ގައި ބ. އަތޮޅު މަދަރުސާގައެވެ.
- ބިޑް ހުޅުވުން އޮންނާނީ 10 ޖޫން 2019 ވާ ހޯމަދުވަހުގެ 13:00 ގައި ބ. އަތޮޅު މަދަރުސާގެ އޮފީހުގައެވެ.
- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
- ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
- ބ. އަތޮޅު މަދަރުސާ
- ބ. ދަރަވަންދޫ
- ފޯން: 6600034 / 9131755
- އީ-މެއިލް:admin@batollschool.edu.mv
26 މޭ 2019
ހޯދާ