ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

     މިކޯޓުގެ ނަންބަރު M8C-A/2019/04 (21 މެއ 2019) އިޢުލާނަށް އެއްވެސް ފަރާތަކުން އެސްޓިމޭޓް ހުށަހަޅާފައިނުވާތީ އެއިޢުލާން ބާޠިލްކޮށް، އަލުން އެމަސައްކަތް ކޮށްދޭނެފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.

ދ.މީދޫ މެޖިސްޓްރޭޓް ކޯޓުގެ ހުޅަނގުފަރާތުން ބޭރަށްވާގޮތަށް، ލަކުޑިން ހަދާފައި ހުރި 3(ތިނެއް) ބޮޑުދޮރާއި ދޮރުފަތުގެ ބަދަލުގައި އެލްމެނިއަމްއިން ދޮރާއި ދޮރުފަތް އަމިއްލަތަކެތީގައިހަދައި ހަރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.    

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 02 ޖޫން 2019 ވަނަ ދުވަހުގެ 10:00 އަށް ދ.ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓަށް، ނުވަތަ ދ.މީދޫ މެޖިސްޓްރޭޓް ކޯޓަށް،  ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 13 ޖޫން 2019 ވަނަ ދުވަހުގެ 10:00 އަށް، މަޢުލޫމާތު ސާފުކުރެއްވި ކޯޓަކަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މިމަސައްކަތް ޙަވާލުކުރެވޭނީ، ރަޖިސްޓްރީކޮށްފައިވާ ކުންފުނި ތަކާއި، ޕާޓްނަޝިޕްތަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

 

27 މޭ 2019
ހޯދާ