ދިވެހިރާއްޖެ
އިޢުލާން
މި މިނިސްޓްރީއާއި މި މިނިސްޓްރީގެ ދަށުން ހިނގަމުންދާ އޮފީސްތަކުގައި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަން ހުރި، ޤާބިލް މީހެކެވެ.
މަޤާމް: |
ކުދިން ބަލަހައްޓާ |
މަޤާމުގެ ނަންބަރު: |
J-270580 |
ބޭނުންވާ އަދަދު: |
01 (އެކެއް) |
މަޤާމުގެ ގިންތި: |
ދާއިމީ |
މަޤާމުގެ ރޭންކް: |
އެސް. އެސް. 1 |
މަޤާމުގެ ކްލެސިފިކޭޝަން: |
ސަޕޯޓް ސްޓާފް ގްރޭޑް 1 |
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
ގދ. އަތޮޅު ފެމިލީ އެންޑް ޗިލްރަން ސަރވިސް ސެންޓަރ، ގދ. ތިނަދޫ |
ޑިވިޜަން/ސެކްޝަން: |
ގދ. އަތޮޅު ފެމިލީ އެންޑް ޗިލްރަން ސަރވިސް ސެންޓަރ ސަބް ޔުނިޓް |
މުސާރަ: |
-/3,100.00 ރުފިޔާ |
ސަރވިސް އެލެވަންސް: |
-/1,000.00 ރުފިޔާ |
އެހެނިހެން އެލަވަންސް: |
|
|
|
މަޤާމުގެމައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
1) އަމާންހިޔާގައި ބައިތިއްބާ، މީހުންނާއި ކުދިންނަށް ބޭނުންވާ ކެއިން ބުއިމުގެ އިންތިޒާމްތައް ހަމަޖައްސައި ދިނުމާއި އަމިއްލައަށް ކައިބޮއި ނޫޅެވޭ މީހުންނާ ކުދިންނަށް އެހީތެރިވުން. 2) އަމާންހިޔާގައި ތިބޭ ކުދިންނާއި މީހުންނަށް ސާފްތާހިރުވުމަށް ބޭނުންވާ އިންތިޒާމްތައް ހަމަޖައްސައި ދިނުމާއި އަމިއްލައަށް ސާފްތާހިރު ނުވެވޭ މީހުންނާއި ކުދިންނަށް އެހީތެރިވުން. 3) އަމާންހިޔާގައި ސްކޫލަށް ދާ ކުދިން ތިބި ނަމަ ސްކޫލަށް ބޭނުންވާ ތަކެތި ހޯދުމާއި ސްކޫލަށް ފޮނުވުމުގެ އެންމެހާ ކަންތައްތައް ކުރުން. 4) ސްކޫލަށް ދާ އުމުރުގެ ކުދިންގެ ސްކޫލް ފިލާވަޅުތައް ދަސްކޮށްދިނުމާއި ހޯމް ވަރކް ހެދުމަށް އެހީތެރިވުން. 5) އަމާންހިޔާގައި ތިބޭ ކުދިންނާއި މީހުންނަށް ސާފްތާހިރުކަމަށް ބާރުއަޅާ އިރުޝާދު ދިނުން. 6) އަމާންހިޔާގައި ތިބޭ ކުދިންނާއި މީހުންނަށް ނަމާދު ކުރެވޭނެ އިންތިޒާމެއް ހަމަޖައްސައި ދިނުން. 7) އަމާންހިޔާގައި ތިބޭ ކުދިންނާއި މީހުން މުނިފޫހިފިލުވުމަށް ފޮތް އަދި ބޯޑް ގޭމް ފަދަ ތެކެތި ހޯދުމާއި، ބައެއް ހަރަކާތްތައް ކުރިއައް ގެންދިއުން. 8) އަމާން ހިޔާގައި ހުރި ކުއްޖަކު ނުވަތަ މީހަކު ބަލިވެއްޖެނަމަ، ޑޮކްޓަރަށް ދެއްކުމާއި ބޭސްދިނުމުގެ އިންތިޒާމްތައް ހަމަޖެއްސުން. 9) އެފް.ސީ.އެސް.ސީ އަށް ހިދުމަތް ހޯދުމަށް އަންނަ ފަރާތްތަކުން (އޭނާގެ ހިދުމަތް ހޯދާވަގުތު) ގޮވައިގެން އަންނަ ކުޑަކުދިންނާ ހަވާލުވެ ބަލަހައްޓައި ދިނުން. 10) މަސައްކަތުގެ ދާއިރާގައި ހިމެނޭގޮތަށް އޮފީހުން ޙަވާލުކުރެވޭ އެންމެހައި ރަސްމީ މަސައްކަތް ކުރުން.
|
މަޤާމުގެ ޝަރުޠުތައް: |
ލިޔަންކިޔަން އެނގުން. (ދަށްވެގެން ގްރޭޑް 5 ނިންމިކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަން ކިޔަން އެނގޭކަމަށް ބަޔާންކޮށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ދޫކޮށްފައިވާ ލިޔުން) |
ހުށަހަޅަންޖެހޭ ލިޔުންތައް:
|
(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް. |
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 11 ޖޫން 2019 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން، މިނިސްޓްރީ އޮފް ޖެންޑަރ،ފެމިލީ އެންޑް ސޯޝަލް ސަރވިސަސް (ބިއްލޫރިޖެހިގެ، މަޖީދީމަގު) ނުވަތަ ގދ. އަތޮޅު ފެމިލީ އެންޑް ޗިލްރަން ސަރވިސް ސެންޓަރ އަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2019 ޖޫން މަހު، ގދ. އަތޮޅު ކައުންސިލްގެ އިދާރާގައެވެ. |
ޝޯޓް ލިސްޓްކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
މި ޢިއުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3027529 ނަންބަރު ފޯނަށް، ނުވަތަ 6842583 ނަންބަރު ފޯނަށެވެ. |
|
23 ރަމަޟާން 1440ހ 28 މޭ 2019މ |