ދިވެހިރާއްޖެ
އިޢުލާން
މި މިނިސްޓްރީ (IUL)459-HR/1/2019/91 ނަންބަރު އިޢުލާން ބާޠިލްކޮށް، އެމަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވައިލަމެވެ.
މަޤާމް: |
އޮފީސް އެސިސްޓެންޓް |
މަޤާމުގެ ނަންބަރު: |
J-251204 |
ބޭނުންވާ އަދަދު: |
01 (އެކެއް) |
މަޤާމުގެ ގިންތި: |
ދާއިމީ |
މަޤާމުގެ ރޭންކް: |
އެސް. އެސް. 2 |
މަޤާމުގެ ކްލެސިފިކޭޝަން: |
ސަޕޯޓް ސްޓާފް ގްރޭޑް 2 |
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
ކުޑަކުދިންގެ ހިޔާ، ވިލިމާލެ |
މުސާރަ: |
-/3,470ރުފިޔާ |
ސަރވިސް އެލެވަންސް: |
-/1000 ރުފިޔާ |
އެހެނިހެން އެލަވަންސް: |
|
|
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
1) ރަސްމީ ގަޑީގައި އަދި ނުރަސްމީ ގަޑީގައި، އޮފީހުން އަންގާ ގޮތެއްގެ މަތިން، އޮފީހުން އެކިފަރާތްތަކަށް ރައްދުކުރަންޖެހޭ ތަކެއްޗާއި ލިޔެކިޔުން ރައްދުކުރުމަށްޓަކައި ދާންޖެހޭ ތަންތަނަށް ގޮސް އެތަކެތި ރައްދުކުރުން. 2) ފައިސާ ނެގުމާއި ފައިސާ ދެއްކުމާގުޅޭ ކަންކަމުގައި އޮފީހުގެ ފައިސާއާ ބެހޭ ޔުނިޓުން އަންގާގޮތެއްގެ މަތިން ދާންޖެހޭ ތަންތަނަށް ދިއުމާއި، އެމަސައްކަތްކުރުން. 3) އޮފީހަށް ނަގަންޖެހޭ މުދަލާއި ތަކެތި އުފުލުމަށް އޮފީހުގެ ކަމާބެހޭ ސެކްޝަން/ޔުނިޓުތަކުގެ ލަފަޔާއި އިރުޝާދާ އެއްގޮތްވާގޮތަށް ގަވާއިދުން ކުރަމުން ގެންދިއުން. 4) ކުޑަކުދިންގެ ހިޔާއިން އިންތިޒާމްކުރާ އެކިއެކި ޙަފްލާފަދަ ކަންކަމަށް އުފުލަންޖެހޭ ތަކެތި އުފުލުމާއި، ތަން ތައްޔާރުކުރުމުގައި ސެކްޝަން/ޔުނިޓުތަކަށް ބޭނުންވާ ގޮތެއްގެމަތިން އެހީތެރިކަން ފޯރުކޮށްދިނުމާއި، ޙަފްލާ ނިމުމުން ތަކެތި ރައްދުކުރަންޖެހޭ ފަރާތްތަކަށް އަނބުރާ ރައްދުކުރުމަށް އެހީތެރިވެދިނުން. 5) ކުޑަކުދިންގެ ހިޔާއަށް ޑޮނޭޝަން ގޮތުގައި ލިބޭ ތަކެތި މިނިސްޓްރީއިނާއި އެހެނިހެން ތަންތަނުން ހިޔާއަށް ގެނައުމުގެ އެންމެހާ މަސައްކަތް ކުރުން. 6) އޮފީހުން ނީލަމަށް ފޮނުވަންޖެހޭ ތަކެތި ނީލަމަށް ފޮނުވުމުގެ ކަންތައް ކުރުމުގައި އެހީތެރިވުން. 7) ސްޓޮކަށް ނަގާ ތަކެތި އޮފީހަށް ގެނައުމާއި ސްޓޮކަށް ވެއްދުން. 8) އޮފީހުގެ މެއިންޓެނަންސްއާ ގުޅޭ ކަންކަމުގައި އެހީތެރިވުން. |
މަޤާމުގެ ޝަރުޠުތައް: |
ނުވަތަ،
ނޯޓް: ލިޔަންކިޔަން އިނގޭކަން ދެނެގަންނާނީ، ދަށްވެގެން ގްރޭޑް 5 ނިންމިކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަން ކިޔަން އެނގޭކަމަށް ބަޔާންކޮށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ދޫކުރާ ލިޔުމަށް ބަލައިގެންނެވެ.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް. |
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 12 ޖޫން 2019 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް (ބިއްލޫރިޖެހިގެ، މަޖީދީމަގު) އަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2019 ޖޫން މަހުގެ ތެރޭގައި، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް (ބިއްލޫރިޖެހިގެ، މަޖީދީމަގު) ގައެވެ. |
ޝޯޓް ލިސްޓްކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
މި ޢިއުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3027551 ނަންބަރު ފޯނަށް، ނުވަތަ 3027546 ނަންބަރު ފޯނަށެވެ. |
|
24 ރަމަޟާން 1440ހ 29 މެއި 2019މ
|