ދިވެހިރާއްޖެ
`
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
މާލެ، ދިވެހިރާއްޖެ.
ނަމްބަރ:IUL 10-F/10/2019/59
އިޢުލާން
'' ޔޫތް ލީޑަރސް ނެޓްވޯކް'' އާއި މިމިނިސްޓްރީއާއި ގުޅިގެން ޖޫން 13 ،14 އަދި 15 ވަނަ ދުވަހު ހުރަވީ ސްކޫލްގައި ބޭއްވުމަށް ހަމަޖެހިފައިވާ ބާއްވާ ޔޫތު ލީޑަރ ފޯރަމްއަށް ބެކްޑްރޮޕްހަދައި، ލެޑްވޯލް ބަހައިޓައި، ސައުންޑް ހަދައި ދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 03 ޖޫން 2019 ވާ ހޯމަ ދުވަހުގެ 13:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 09 ޖޫން 2019 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި،ގަޑިއަށް ވަޑައި ނުގަންނަވާ ފަރާތްތަކުގެ އަންދާޒީ ހިސާބު ބަލައި ނުގަނެވޭނެކަމުގައި ދެންނެވީމެވެ.
24 ރަމަޟާން 1440
29 މެއި 2019