މަޤާމް:
|
އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
މަޤާމުގެ ނަންބަރު:
|
J-246531
|
ބޭނުންވާ އަދަދު:
|
01 (އެކެއް)
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
މަޤާމުގެ ރޭންކް:
|
ޖީ. އެސް. 3
|
މަޤާމުގެ ކްލެސިފިކޭޝަން:
|
އޮފިސަރ ގްރޭޑް 1
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް / މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް
|
ސެކްޝަން
|
ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް ޑިޕާޓްމަންޓް
|
މުސާރަ:
|
މަހަކު 4465.00 ރުފިޔާ
|
ސަރވިސް އެލެވަންސް:
|
މަހަކު 1500.00 ރުފިޔާ
|
ސަޕޯޓިންގ ކޯ އެލަވަންސް :2
|
މަހަކު 700.00ރުފިޔާ
|
އެހެނިހެން އެލަވަންސް
|
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- ދުވަހުން ދުވަހަށް އޮފީހަށް ލިބޭ ސިޓީ، ފެކްސް، މެމޯ އަދި ނޯޓް ފަދަތަކެތި ބަލައިގަނެ އެންޓްރީ ކުރުން.
- ކޮންމެ ދުވަހަކު މުވައްޒަފުންގެ ހާޒިރީ އާއި މުވައްޒަފުން ބޭރަށްދާއިރު ލިޔާ ފޮތް އަޕްޑޭޓްކޮށް ބެލެހެއްޓުން.
- މުވައްޒަފުންގެ އިތުރުގަޑީ ފޮތާއި ދަތުރު ތަކުގެ އިތުރުގަޑީ ފޮތް އަޕްޑޭޓްކޮށް ބެހެއްޓުން.
- ކޮންމެ މަހެއްގެ 16 ވަނަދުވަހު މުވައްޒަފުންގެ މުވައްޒަފުންގެ އިތުރުގަޑީ އާއި ދަތުރުތަކުގެ އިތުރު ގަޑީ ޝީޓް އަދި ހާޒިރީ އެޗް.އާރު ސެކްޝަނަށް ފޮނުވުން.
- އިންސްޓިޓިއުޓްގެ އެކިއެކި ބޭނުންތަކަށް ކްލާސްރޫމްތަކާއި، ސެމިނަރރޫމް ތައްޔާރުކުރުން.
- އިންސްޓިޓިއުޓްގެ ޔައުމިއްޔާ ދުވަހުން ދުވަހަށް ލިޔެ ފައިލް ކުރުމާއި، ޔައުމިއްޔާއާއި ބެހޭ މަޢުލޫމާތު ފޮނުވަންޖެހޭ ފަރާތްތަކަށް ދުވަހުން ދުވަހަށް ފޮނުވުމާއި ސެކްޝަނުން އިންތިޒާމްކުރާ އެކިއެކި މީޓިންގތަކުގެ ޔައުމިއްޔާ ބެލެހެއްޓުން.
- ޖިމް، ސެމިނަރ ރޫމް އަދި ކްލާސް ރޫމްތައް ހަމަޖެހިފައި އޮންނަ އުސޫލުގެ މަތިން ކުޅިވަރު އެސޯސިއޭޝަންތަކަށް ދޫކުރުން.
- އެކިފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީ އާއި ނޯޓްފަދަތަކެތި ޓައިޕްކޮށް އެތަކެތި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
- އޮފީސް ހުޅުވާ ލައްޕާ ތާވަލް ހަދައި، އޮފީސް ހުޅުވުމަށް މުވައްޒަފުންނާ ހަވާލުކުރުމާއި ޤަވާޢިދުން އޮފީސް ހުޅުވާ ލައްޕާތޯ ޗެކްކުރުމާއި ޤަވާޢިދާ ޚިލާފަށް ކަމެއްދާނަމަ އެކަން ސެކްޝަންގެ ވެރިޔާގެ ސަމާލުކަމަށް ގެނައުން.
- އިންސްޓިޓިއުޓްގެ ލިޔެކިއުންތައް ފަސޭހައިން ފެންނާނެހެން ފައިލްކޮށް ބެލެހެއްޓުން.
- ކޮންމެ ހަފްތާއަކު ވެރިންގެ ހާޒިރީ ރިޕޯޓް ބިއުރޯއަށް ފޮނުވުން.
- އިންސްޓިޓިއުޓުން ހިންގާ އެކިއެކި ކޯސްތަށް އޮންނަ ގަޑިތަށް ބަލައި މުވައްޒަފުންގެ ޑީއުޓީ ޓޭބަލް ހަދައި ޑިއުޓީއަށް ނުކުތުމަށް މުވައްޒަފުންނަށް އެންގުމާއި ޑިއުޓީއަށް ނުކުމޭތޯ ޗެކް ކުރުން.
- ކޮންމެ ދުވަހެއްގެ ޔައުމިއްޔާ ލިޔުމާއި ޔައުމިއްޔާއާއި ބެހޭ މައުލޫމާތު ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި ސެކުޝަނުން އިންތިޒާމްކުރާ އެކިއެކި މީޓިންގތަކުގައި ބައިވެރިވެ ޔައުމިއްޔާ ބެލެހެއްޓުން.
- ކޮންމެ މަހެއްގައި ކުރެވުނު ކަންތައްތައް ނޯޓުކޮށް، މަރުކަޒުގެ މަންތްރީ ރިޕޯޓް ތައްޔާރުކޮށް، ކޮންމެ މަހެއްގެ 3 ވަނަ ދުވަހުގެ ކުރީން ބިއުރޯއަށް ފޮނުވުން.
- އެސޯސިއޭޝަންތަކާއި ގުޅިގެން ހިންގޭ ޓްރެއިނިންގތައް ކޯޑިނޭޓްކޮށް ކުރިއަށް ގެންދިއުން (ބާސްކެޓްބޯލް އެސޯސިއޭޝަން އަދި ހޭންޑްބޯލް މޯލްޑިވްސް)
- ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް އޮފީސް ހުޅުވާ ލެއްޕުމާއި، ޤަވާޢިދުން ޑިއުޓީއަށް ނިކުތުން
|
މަޤާމުގެ ޝަރުޠުތައް:
|
- ސާނަވީ ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ގެ (www.youth.gov.mv) ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.
(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
|
- ތަޢުލީމާއި ތަމްރީން.
- މަސައްކަތުގެ ތަޖުރިބާ.
- އިންޓަވިއު.
- ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވެފައިވާ މިންވަރު.
- ކަނޑައަޅާފައިވާ ޤަވާއިދުތަކާއި އުޞޫލުތަކާއި އެއްގޮތަށް މީހަކު ހޮވުމަށް ބަލާނެ ކަންތައްތައް މިނިސްޓްރީ އޮފް ޔޫތު،ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ގެ (www.youth.gov.mv) ވެބްސައިޓުން ލިބެން ހުންނާނެއެވެ.
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 17 ޖޫން 2019 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް (ވެލާނާގެ 3 ވަނަ ފަންގިފިލާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް hr.recruitment@youth.gov.mvމެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 18 ޖޫން އާއި 18 ޖުލައި 2019 އާ ދެމެދު، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް (ވެލާނާގެ 3 ވަނަ ފަންގިފިލާ) ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
|
ޝޯޓް ލިސްޓްކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
އިތުރު މަޢުލޫމާތު ހޯދުން:
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3347329 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ hr.recruitment@youth.gov.mv އަށެވެ.
|