މަޤާމް:
|
އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
މަޤާމުގެ ނަންބަރު:
|
J-246694
|
ބޭނުންވާ އަދަދު:
|
01 (އެކެއް)
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
މަޤާމުގެ ރޭންކް:
|
ޖީ. އެސް. 3
|
މަޤާމުގެ ކްލެސިފިކޭޝަން:
|
އޮފިސަރ ގްރޭޑް 1
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
ޅ.ހިންނަވަރު އިޖުތިމާޢީ މަރުކަޒު
|
ސެކްޝަން
|
ޔޫތު ޑިޕާޓްމެންޓް
|
މުސާރަ:
|
މަހަކު 4,465.00 ރުފިޔާ
|
ސަރވިސް އެލެވަންސް:
|
މަހަކު 1500.00 ރުފިޔާ
|
ސަޕޯޓިންގ ކޯ އެލަވަންސް :2
|
މަހަކު 700.00ރުފިޔާ
|
އެހެނިހެން އެލަވަންސް
|
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- އިޖުތިމާޢީ މަރުކަޒު ހުޅުވުމަށް ހަމަޖެހިފައިވާ ގަޑިތަކުގައި ހުޅުވާ ލެއްޕުމުގެ ހުރިހާ އިންތިޒާމުތަކެއް ރާވާހަމަޖެހިފައިވޭތޯ ބަލައި އެކަން އިންތިޒާމުކުރުން.
- ކޮންމެ މަހެއްގެ ޙާޟިރީ/އިތުރުގަޑި ރިޕޯޓް މަހުގެ 15 ވަނަ ދުވަހަށް ނިންމާ، 16ވަނަދުވަހު އޮފީސްބަންދުވުމުގެ ކުރިން ފޮނުވުން.
- މަރުކަޒުގެ މުވައްޒިފުންގެ ޙާޟިރީ، އިތުރުގަޑީގައި ހުޅުވާލެއްޕުމުގެ ހުއްދަލިބިގެން ކުރެވޭ މަސައްކަތްތަކުގެ ޙާޟިރީ ބެލެހެއްޓުމާއި، ދުވަހުންދުވަހަށް ނިންމަންޖެހޭ އިދާރީ މަސައްކަތްތައް ނިންމުމާއި، އަޕްޑޭޓް ކުރެވޭ މަޢުލޫމާތުތައް އަޕްޑޭޓްކޮށް ބެލެހެއްޓުމާއި، ކުޅިވަރާއި އެހެނިހެން ކަންތައްތައްކަށް ހޯދޭ ތަކެތީގެ އިންވެންޓްރީ އާއި އެހެނިހެން ލިޔެކިޔުންތައް ފުރިހަމަކުރުމުގެ ޔަޤީންކަންލިބުމާއި، މަރުކަޒުގެ އަހަރީ ކަލަންޑަރ އެކަށައެޅުމާއި އެކު އެކަލަންޑަރާއި އެއްގޮތްވާގޮތުގެ މަތީން ޕްރޮގްރާމްތައް ހިންގުމާއި، މަރުކަޒުގެ އަހަރީ ރިޕޯރޓްކަޑައެޅިފައިވާ ތާރީޚަކަށް ފޮނުވުން.
- މަރުކަޒުން ދޭ ޚިދުމަތްތައް ދިނުމަށް ބޭނުންވާ ތަކެއްޗާއި، މަރުކަޒުގެ މަރާމާތާއި، އާބަތުރާ ފިލުވުމުގއި ކުރަންޖެހޭ ކަންތައްތަކުގައި ހޯދަންޖެހޭ ތަކެތި ހޯދުމަށް މަރުކަޒުގެ ކަންތައްތައް ކޯޑިނޭޓްކުރާ ކައުންސިލް އިދާރާ އެއްމެދުވެރިކޮށް މާލިއްޔަތު ޤަވާޢިދާ އެއްގޮތްވާގޮތުގެ މަތީން ހޯދުމާއި އަދި މަހުންމަހަށް ތައްޔާރުކުރަންޖެހޭ ޚަރަދު ރިޕޯޓް ތައްޔަރުކޮށް ކައުންސިލާއިއެކު ރިޕޯރޓް އިވަލުއޭޓް ކުރުން.
- މަރުކަޒުން ބެލެހެއްޓުމަށް ހަމަޖެހިފައިވާ ކުޅިވަރު ކުޅޭ ދަނޑުތަކާއި ، ފުޓްސެލް ދަނޑުތަށް ބެލެހެއްޓޭނޭ ނިޒާމެއްޤާއިމުކުރުން.
- އިޖުތިމާޢީ މަރުކަޒުން ދެވޭ ޚިދުމަތްތަކަކީ އެމުޖުތަމަޢަކަށް ބޭނުންވާ ޚިދުމަތްތަކެއްކަން ޔަޤީންކުރުމާއި، ޚިދުމަތްދެމުންދާހުރިހާ ވަގުތެއްގައިވެސް މަރުކަޒުގެ ތަކެއްޗާއި ތަނުގެ ސަލާމަތްތެރިކަމަށް ސަމާލުކަން ދިނުމާއި، މަރުކަޒުގެ އެއްވެސް އޭރިޔާއެއްގައި ހަމަނުޖެހުން އުފެދޭނޭ އެއްވެސް ކަމެއް ހިނގިޔަނުދިނުމާއި މަރުކަޒުގެ އޭރިޔާތަކުގައި ޤާނޫނާ ޤާވާޢިދާ ޚިލާފް އެއްވެސް ކަމެއް ނުހިގާނެކަމުގެ ޔަޤީންކަން ލިބުން.
- މަރުކަޒާއި އަދި މަރުކަޒުން ބަލަހައްޓަންޖެހޭ ތަންތަނުގެ އެތެރެއާއި ބޭރުން ސާފުތާހިރު ކޮށް ބަލަހައްޓަންޖެހޭ ހިސާބުތަށް ކުނިކަހާ ސާފުކުރުވުމާއި، މަރުކަޒުގެ އެތެރޭގެ ހުރިހާތަނެއް ކުނިކަހާ ފޮޅާސާފުކުރުވުމާއި، ތަޅުންގަޑު މޮޕްއަޅާސާފުކުރުމާއެކު ފެންފޮތިލާ ސާފުކޮށް ބެލެހެއްޓުމާއި އެތަންތަނުން ނެގޭ ކުނިތަށް އެރަށެއްގައި ކުނި އުކާލުމަށް ހަމަޖެހިފައިވާ ނިޒާމެއްގެ ދަށުން އުކާލެވޭނޭ ނިޒާމް ހަމަޖައްސާ އަދި އެމަސައްކަތްތައް ކުރުވުން.
|
މަޤާމުގެ ޝަރުޠުތައް:
|
- ސާނަވީ ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ގެ (www.youth.gov.mv) ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.
(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
|
- ތަޢުލީމާއި ތަމްރީން.
- މަސައްކަތުގެ ތަޖުރިބާ.
- އިންޓަވިއު.
- ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވެފައިވާ މިންވަރު.
- ކަނޑައަޅާފައިވާ ޤަވާއިދުތަކާއި އުޞޫލުތަކާއި އެއްގޮތަށް މީހަކު ހޮވުމަށް ބަލާނެ ކަންތައްތައް މިނިސްޓްރީ އޮފް ޔޫތު،ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ގެ (www.youth.gov.mv) ވެބްސައިޓުން ލިބެން ހުންނާނެއެވެ.
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 18 ޖޫން 2019 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް (ވެލާނާގެ 3 ވަނަ ފަންގިފިލާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް hr.recruitment@youth.gov.mvމެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 19 ޖޫން 2019 އާއި 19 ޖުލައި 2019 އާ ދެމެދު، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް (ވެލާނާގެ 3 ވަނަ ފަންގިފިލާ) ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
|
ޝޯޓް ލިސްޓްކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
އިތުރު މަޢުލޫމާތު ހޯދުން:
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3347316 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ hr.recruitment@youth.gov.mv އަށެވެ.
|