ދިވެހިރާއްޖެ
`
މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
އުނގޫފާރު، ދިވެހިރާއްޖެ
ނަންބަރ: IUL)303-AS/303/2019/32)
މަޤާމް |
އެޑްމިނިސްޓްރޭޓިވް އޮފިސަރ |
|||||||||||||||||||||||||||||||||
މަޤާމުގެ ނަންބަރު |
J-237843 |
|||||||||||||||||||||||||||||||||
ބޭނުންވާ ޢަދަދު |
1 (އެކެއް) |
|||||||||||||||||||||||||||||||||
މަޤާމުގެ ގިންތި |
ވަގުތީ |
|||||||||||||||||||||||||||||||||
މަޤާމުގެ ރޭންކް |
ޖީ އެސް 3 |
|||||||||||||||||||||||||||||||||
މަޤާމުގެ ކްލެސިފިކޭޝަން |
އޮފިސަރ ގުރޭޑް 1 |
|||||||||||||||||||||||||||||||||
ވަޒީފާ އަދާކުރަންޖެހޭ ތަން |
މާޅޮސްމަޑުލުއުތުރުބުރި އުނގޫފާރު ކައުންސިލް އިދާރާ |
|||||||||||||||||||||||||||||||||
މުސާރަ |
4465.00 ރުފިޔާ |
|||||||||||||||||||||||||||||||||
ސަރވިސް އެލެވަންސް |
1500.00 ރުފިޔާ |
|||||||||||||||||||||||||||||||||
ސަޕޯޓިންގ ކޯ އެލެވަންސް |
700.00 ރުފިޔާ |
|||||||||||||||||||||||||||||||||
އިތުރު އިނާޔަތްތައް |
|
|||||||||||||||||||||||||||||||||
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް |
1- އޮފީހަށް ބޭރުން ލިބޭ ތަކެތި ބަލައިގަނެ އެ ތަކެތި ހުޅުވައި އެންޓްރީ ސިސްޓަމްގައި ރަޖިސްޓްރީކުރުމާއި އޮފީހުން ބޭރަށް ފޮނުވަންޖެހޭ ތަކެތި އެތަކެތި ފޮނުވަންޖެހޭ ފަރާތްތައްކަށް ފޮނުވުން. 2- އޮފީހަށް އަންނަ ލިޔެކިއުންތައް ފައިލްކުރުމާއި އޮފީހުން ބޭރަށް ފޮނުވާ ލިޔެކިއުންތައް ފައިލްކޮށް ފައިލިންގ ސިސްޓަމް ގަވާއިދުން ބެލެހެއްޓުމާއި ފައިލިންގ ސިސްޓަމުން ހޯދަންޖެހޭ ލިޔެކިއުންތައް ބޭނުންވެއްޖެ ހާލަތެއްގައި އެ ބޭނުންވާ ސެކްޝަނަކަށް ހޯދާ ފޮޓޯކޮޕީ ނަގާ ޙަވާލުކުރުން. 3- އަންނަ ފޯން ކޯލްތަކަށް ޖަވާބު ދިނުމާއި ރަގަޅު މަޢުލޫމަތު ފޯރުކޮށްދެވޭނެ ފަރާތަކަށް ފޯންކޯލްތައް ޕާސްކުރުން. 4- ސެކްޝަނަށް ބޭނުންވާ ލިޔެކިއުންތައް ފޮޓޯ ކޮޕީ ނެގުމާއި، ބައިންޑް ކުރަންޖެހޭ ލިޔެކިއުންތައް ބައިންޑްކުރުމާއި ފެކްސް ކުރަންޖެހޭ ލިޔެކިއުންތައް ފެކްސް ކުރުމާއި ބައެއްކަހަލަ ލިޔެކިއުންތައް ފޯމެޓްކުރުން. 5- އޮފީހުގެ މުވައްޒަފުންނާއި ރައްޔިތުންގެ މުވައްޒަފުންގެ އެންމެހާ ޗުއްޓީއާއި، މުވައްޒަފުންގެ ރެކޯޑްތައް ޤަވާޢިދުން ލިޔެ ބެލެހެއްޓުން 6- އޮފީސް ހުޅުވާ ލެއްޕުމާއި ކައުންސިލަރުންނާއި މުވައްޒަފުންގެ ޙާޟިރީ ބެލެހެއްޓުން. ކައުންސިލަރުންނާއި މުވައްޒަފުންގެ ޙާޟިރީ ރިޕޯރޓްތައްޔާރުކުރުން. 7- އޮފީހަށް އަންނަ މެހެމާނުންބަލައިގަނެ ބައްދަލުކުރަން އަންނަ ފަރާތްތަކާއި ބައްދަލުކުރުވުމުގެ އިންތިޒާމު ހަމަޖެއްސުން 8- ކައުންސިލުން ބާއްވާ ބައްދަލުވުންތައް ބޭއްވުމުގެ ހުރިހާ އިންތިޒާމް ހަމަޖެއްސުމާއި ކައުންސިލް ބައްދަލުވުންތަކުގެ ޔައުމިއްޔާލިޔެ ފައިލްކޮށް ބެލެހެއްޓުން 9- ކައުންސިލް އިދާރާގެ ދުވަހު ޔައުމިއްޔާ ލިޔުމަށްބޭނުންވާ ހުރިހާ މަޢުލޫމާތެއް ހުރިހާ ސެކްޝަނަކުން ހޯދުމަށްފަހު ޔައުމިއްޔާލިޔެ ވެރިޔާ ލައްވާ ސޮއިކުރުވުމަށްފަހު ޔައުމިއްޔާ ފައިލްކޮށް ބެލެހެއްޓުން 10- އޮފީހުން ކުރިއަށްގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައް ކުރުން. އަދި އޮފީހުގެ އެހެން މުވައްޒަފުން ޗުއްޓީނެގުމުން އެމުވައްޒަފެއްގެ މަސައްކަތާއި ޙަވާލުވެ މަސައްކަތްކުރުން.
|
|||||||||||||||||||||||||||||||||
މަޤާމުގެ ޝަރުތުތައް |
ނުވަތަ
|
|||||||||||||||||||||||||||||||||
ހުށަހަޅަންޖެހޭ ލިޔުންތައް |
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ. (ށ) މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
(ހ) ދަޢުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް
|
|||||||||||||||||||||||||||||||||
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް |
މަޤާމަށް ޢައްޔަންކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ %45 (ތިރީސް ފަހެއް) އިންސައްތައަށްވުރެ މަތިވާން ޖެހޭނެއެވެ. |
|||||||||||||||||||||||||||||||||
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 20 ޖޫން 2019 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން، މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ungoofaaruoffice@gmail.com މެދުވެރިކޮށްވެސް ބަލައިގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި އިޢުލާންގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނަޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ. (ނޯޓް: އީމެއިލް މެދުވެރިކޮށް ފޮނުވާ އެޕްލިކޭޝަން ފޯމާއި ލިޔުންތައް ގަޑި ޖެހުމުގެ ކުރިން ލިބުނުތޯ ޗެކްކޮށް ބެލުމަކީ ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުން ކުރަންޖެހޭ ކަމެކެވެ.) |
|||||||||||||||||||||||||||||||||
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 23 ޖޫން 2019 އާއި 04 ޖުލައި 2019 އާ ދެމެދު، މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާގައެވެ. އިންޓަވިއުއަށް ހޮވޭ ފަރާތްތަކަށް އިންޓަވިއު އޮންނާނެ ގަޑިއާއި ތާރީޚް ހަމަޖެހިފައިވާ އުޞޫލުގެ ތެރެއިން އަންގާނެއެވެ. ވީމާ، މިވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުން މި މުއްދަތުގައި އިންޓަވިއުއަށް ހާޒިރުވެވޭގޮތަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ. |
|||||||||||||||||||||||||||||||||
ޝޯޓް ލިސްޓް ކުރުން |
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠުހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތި ލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
|||||||||||||||||||||||||||||||||
އިތުރު މަޢުލޫމާތު ހޯދުން |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6580118 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ ungoofaaruoffice@gmail.com އަށެވެ. |
|||||||||||||||||||||||||||||||||
07 ޝައްވާލް 1440 10 ޖޫން 2019 |