ދިވެހިރާއްޖެ
ނިރު ޕޯޓަލްއަށް ބޭނުންވާ ޑޭޓާ އެންޓްރީ މަސައްކަތާއި އަދި އެހެނިހެން މަސައްކަތް ކުރުމަށް ބޭނުންވާތީ އެކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މިމިނިސްޓްރީއަށް އެޕްލިކޭޝަން ހުށަހެޅުއްވުމަށް ދެންނެވީމެވެ.
ޝަރުތު: މަދުވެގެން އޭލެވެލް ދެމާއްދާއިން ފާސްވެފައިވުން.
އުޖޫރަ: ދުވާލަކަށް -/200ރ
ބޭނުންވާ ޢަދަދު: 6
މުއްދަތު: 15 ދުވަސް
ނޯޓް: މިމަސައްކަތަށް މީހުން ހޮވުމުގައި ބަލާނީ މެރިޓް އުސޫލުންނާއި މިކަހަލަމަސައްކަތް ކުރުމުގެ ތަޖުރިބާއަށް ބަލައިގެންނެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
- އައިޑީ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީއެއް.
- ސީވީ
- ސެޓްފިކެޓް ތަކުގެ ކޮޕީ
- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާގެ ލިޔުންތައް.
މަސައްކަތަށް އެދެންވީ ގޮތާއި ސުންގަޑި:
މިމަސައްކަތަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 23 ޖޫން 2019 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން، މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން ވެލާނާގެ 2ވަނަފަންގިފިލާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް admin@mohe.gov.mv މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.
އިތުރުމަޢުލޫމާތު:
މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާ ބޭފުޅުން މި މިނިސްޓްރީގެ ނަންބަރު 3341198/3341328 ފޯނަށް ގުޅުއްވުން އެދެމެވެ. އަދި އީ-މެއިލް ކުރާނީ admin@mohe.gov.mv އަށެވެ.
10 ޝައްވާލު 1440
13 ޖޫން 2019