ދިވެހިރާއްޖެ
އިޢުލާން
މިކުންފުނީގެ ފަރާތުން ހިންގަމުން ގެންދާ އދ.ދިއްދޫ އިންޖީނުގޭގައި ހުރި ހަލާކުވެ ބޭނުން ނުކުރެވޭ މި ދަންނަވާ ތަކެތި ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުން ވެއެވެ.
- ދަނގަޑު ފީފާ ތަކެއް (ހަލާކުވެފައި)
- ރަބަރު ފީފާ ތަކެއް (ހަލާކުވެފައި)
- 1 ޖަނަރޭޓަރު (ޑޮއިސް) 176 ކިލޯވޮޓްގެ (ހަލާކުވެފައި)
- 1 ޖަނަރޭޓަރު (ކަމިންސްް) 80 ކިލޯވޮޓްގެ (ހަލާކުވެފައި)
- ބެޓެރިތަކެއް (ހަލާކުވެފައި)
މި ތަކެތީގެ ނީލަން ފެށޭ އަގަކީ 1,500.00 (ފަނަރަ ސަތޭކަ) ރުފިޔާ އެވެ. މި ތަކެތީގެ ނީލަމަށް އިތުރު ކުރެވޭނީ މަދުވެގެން 500.00 (ފަސް ސަތޭކަ) ރުފިޔާ އެވެ.
ވީމާ، މި ނީލަމުގައި ބައިވެރިވެވަޑައިގަތުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 2019 ޖޫން 17 ވާ ހޯމަ ދުވަހުގެ 11:00 އާއި 12:00 އާ ދެމެދު އދ.ދިއްދޫ އިންޖީނުގެއަށް ވަޑައިގެން މި ތަކެތި ބެއްލެވުމަށް ފަހު، ހުށަހަޅުއްވާ އެންމެ މަތީއަގު އަދި އައި.ޑީ.ކާޑު ގެ ފޮޓޯކޮޕީއަކާ އެކު ސިޓީއުރައެއްގައި ބަންދު ކުރެއްވުމަށް ފަހުު 2019 ޖޫން 20 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މިކުންފުންޏަށް ވަޑައިގެން ހުށަހެޅުއްވުން އެދެމެވެ. އަދި މި ތަކެތީގެ ނީލަން ނިމޭތާ 07 ދުވަހުގެ ތެރޭގައި ނީލަން ކާމިޔާބު ކުރެއްވި ފަރާތުން، ފައިސާ ދެއްކެވުމަށް ފަހު ތަކެތި ގެންދަވަން ވާނެއެވެ. މި މުއްދަތުގައި ތަކެތި ނުގެންދަވައިފި ނަމަ ނީލަން ބާޠިލްކޮށް އެ ތަކެތި އަލުން ނީލަމަށް ލެވޭނެ ކަމަށާއި، ދެވަނަ ފަހަރަށް ކިޔާ ނީލަމުގައި، ނީލަމުން ތަކެތި ނެންގެވުމަށް ފަހު ނުގެންދެވި ފަރާތަށް ބައިވެރި ނުވެވޭނެ ކަމުގައި ދެންނެވީމެވެ.
މި ތަކެތި ބައްލަވައިލައްވަން ބޭނުންވެލައްވާ ފަރާތްތަކުން ނަންބަރު 7966413 ، 7793503 ފޯނާ ގުޅުވުން އެދެމެވެ.
10 ޝައްވާލު 1440
13 ޖޫން 2019