ދިވެހިރާއްޖެ
އިޢުލާން
މި މިނިސްޓްރީގެ ލޭބަރ އެންޑް އެންޕްލޯއިމަންޓް ސެކްޝަން ހިންގުމަށް އެކަށީގެންވާ އިމާރާތެއް ކުއްޔަށް ހިފުމަށް 16 ޖޫން 2019ގައި ކުރެވުނު އިޢުލާން ނަންބަރު 202IUL)101-AF/1/2019/) އަށް އެކަށީގެންވާ މިންވަރަށް ތަރުހީބު ލިބިފައި ނުވާތީ އެއިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.
މި މިނިސްޓްރީގެ ލޭބަރ އެންޑް އެންޕްލޯއިމަންޓް ސެކްޝަން ހިންގުމަށް، 2480 އާއި 3000 ދެމެދު ގެ އަކަފޫޓް ހިމެނޭ ޢިމާރާތެއް ކުއްޔަށް ހިފުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިފަދަ އިމާރާތެއް ކުއްޔަށްދޫކުރެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 19 ޖޫން 2019 ވާ ބުދަ ދުވަހު 10:00އަށް އަންދާސީ ހިސާބު ހުށަހެޅުށްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށެވެ. ( ބޮޑުތަކުރުފާނުމަގު) އަދި އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާ ފަރާތްތަކަށެވެ.މި އިއުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިއުލާނާއިއެކު ގެޒެޓުގައި އެއްކަރުދާސް ކުރެވިފައިވާކަން މައޫލޫމާތަށްޓަކައި ދެންނެވީމެވެ.
މިކަމާ ގުޅޭގޮތުން އިތުރު މައޫލޫމާތު ބޭނުންފުޅުވާނަމަ، 3323668/1691 އަށް ރަސްމީ މަސައްކަތު ގަޑީގައި ގުޅުއްވުން އެދެމެވެ.
މަޢުލޫމާތު ކަރުދާސް
ސުރުޚީ: މި މިނިސްޓްރީގެ ލޭބަރ އެންޑް އެންޕްލޯއިމަންޓް ސެކްޝަން ހިންގާނެ އިމާރާތެއް ކުއްޔަށް ހިފުމާއި ގުޅޭ
އިޢުލާން ނަންބަރު: (IUL)101-AF/1/2019/207
އިޢުލާންކުރި ތާރީޚް: 16 ޖޫން 2019
ތަފުސީލް
1. އިމާރާތެއް ކުއްޔަށް ހިފުމާއި ބެހޭ
މި މިނިސްޓްރީގެ ލޭބަރ އެންޑް އެންޕްލޯއިމަންޓް ސެކްޝަން ހިންގުމަށް އެކަށީގެންވާ، 2480 އާއި 3000 ދެމެދު ގެ އަކަފޫޓް ހިމެނޭ ޢިމާރާތެއް އެއްފްލޯރ އިން ކުއްޔަށް ހިފުމަށް ބޭނުންވެއްޖެއެވެ.
2. ކުއްޔަށް ދޫކުރާތަށް ހުންނަންވާނީ މާލޭގައެވެ.
3. ހުށަހަޅުއްވާ ޕްރޮޕޯސަލްގައި ތިރީގައިވާ ކަންކަން ހިމެނުން
· ފުރިހަމަކޮށް ސޮއިކޮށްފައިވާ ބީލަން ހުށަހަޅާފޯމް (އެޓޭޗްކުރެވިފައި)
· ތަނުގެ ބޮޑުމިން
· ޢިމާރާތުގެ ރަޖިސްޓްރީ ކޮޕީ
· ކުއްޔަށް ދޫކުރާ ތަނުގެ ފްލޯރ ޕްލޭން
· ކުއްޔަށް ދޫކުރާތަން ހުރި ފަންގިފިލާ
· ޢިމާރާތް ހުރި ސަރަހައްދު
· ޢިމާރާތުގެ ކުލި
· ކުއްޔަށް ދޭ ފަރާތުގެ އައިޑީ ކޮޕީ
· ޢިމާރާތުގެ ކަރަންޓާއި ފެން ވަކިކުރެވިފައި ހުރުން
3. އަންދާސީ ހިސާބުތައް އިވެލުއޭޓުކުރެވޭނެގޮތުގެ ތަފުޞީލު:
|
ކެޓަގަރީ |
މާރކްސް |
1 |
އަގު: |
60% |
2 |
ކުއްޔަށް މުއްދަތު: |
40% |
4- އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރަ އޮންނަންވާނީ ތިރީގައިވާ ގޮތަށް އެޑްރެސްކޮށް ބޭރުގައި އިޢުލާނު ނަންބަރު ޖަހާފައެވެ.
އެޑްމިނިސްޓްރޭޓިވް ސަޕޯރޓް އެންޑް ލޮޖިސްޓިކްސް ޔުނިޓް
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
މާލެ، ދިވެހިރާއްޖެ
----------------------