ދިވެހިރާއްޖެ
ޢިޢުލާން
ގުދަނެއްކުއްޔަށް ހިފުމާއިބެހޭ
މިކުންފުނީގެ ބޭނުމަކަށް 750 -1000 އަކަފޫޓާއި ދޭތެރޭގެ ބޮޑުމިނުގެ ގުދަނެއްގެ ގޮތުގައި ބޭނުންކުރެވޭގޮތަށް ހަދާފައިވާ ތަނެއް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ. ވީމާ މިފަދަތަނެއް ކުއްޔަށް ދޫކުރެއްވުމަށް ބޭނުންފުޅުވާފަރާތްތަކުން 27 ޖޫން 2019 ވާ ބުރާސްފަތި ދުވަހުގެ 14:00އަށް މިކުންފުނީގެ 05 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި 27 ޖޫން 2019 ވަނަ ދުވަހުގެ 14:00ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައި ނުގަންނާނެ ވާހަކަވެސް ދަންނަވަމެވެ.
ޢިމާރާތް ހޯދަން ބޭނުންވާ ރަށް:
- މާލެ / ހުޅުމާލެ
ހުށަހަޅުއްވާ ޕްރޮޕޯސަލްގައި ތިރީގައިވާ ކަންކަން ހިމެނުން
- ގުދަނުގެ ބޮޑުމިން
- ޢިމާރާތުގެ ރަޖިސްޓްރީ ކޮޕީ
- ޢިމާރާތް ހުރި ސަރަހައްދު
- ޢިމާރާތުގެ ކުލި
- ޢިމާރާތުގެ ސަލާމަތީ ފެންވަރު
- ކުއްޔަށް ދޭ ފަރާތުގެ އައިޑީ ކޮޕީ
ހުށަހެޅޭ ޕްރޮޕޯރސަލްއަށް ޕޮއިންޓް ދެވޭނެގޮތް ތިރީގައި އެވަނީއެވެ.
- އަގު: %50
- ކުއްޔަށްދޭ މުއްދަތު:%20
- ސެކިއުރިޓީ ގޮތުން ވަރުގަދަ ޢިމާރާތެއްނަމަ: %30
15 شوّال 1440
18 ޖޫން 2019