ދިވެހިރާއްޖެ
އިޢުލާން
ޢިމާރާތެއް ކުއްޔަށް ހިފުމާއިބެހޭ
މިކުންފުންޏަށް ބ.އޭދަފުށީން ޕޯސްޓް އޮފީސް ޢިމާރާތަކަށް ބޭނުންކުރެވޭގޮތަށް ހަދާފައިވާ ތަނެއް ކުއްޔަށް ހިފުމަށް ކުރި ADMHR-MPL/2019/38 (25 ފެބްރުއަރީ 2019) ވަނަ ނަންބަރު އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބު އަގު ބޮޑުކަމަށް ފެންނާތީ މިއިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ. ވީމާ ތިރީގައިމިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް 27 ޖޫން 2019ވާ ބުރާސްފަތި ދުވަހުގެ 15:00ގެ ކުރިން މިކުންފުނީގެ ބ.އޭދަފުށީ ޕޯސްޓް ނުވަތަ މޯލްޑިވްސް ޕޯސްޓް ލިމިޓެޑަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި 27 ޖޫން 2019 ވަނަ ދުވަހުގެ 15:00ގެ ފަހުން ހުށައަޅުއްވާ އިޢުލާންތައް ބަލައި ނުގަންނާނެ ވާހަކަވެސް ދެންނެވީމެވެ.
ޢިމާރާތް ހޯދަން ބޭނުންވާ ރަށް:
ބ.އޭދަފުށި
ކުއްޔަށް ހިފަން ބޭނުންވާ ޢިމާރާތާއި ބެހޭ ތަފްޞީލް ހުށަހެޅުން
- ޢިމާރާތުގެ ބޮޑުމިން ބަޔާން ކުރުން
- ޢިމާރާތަކީ އޮފީސް ހިންގުމަށް ބޭނުން ކުރެވޭ ފަދަ އިމާރާތަކަށްވުން
- ޢިމާރާތުގެ ރަޖިސްޓްރީ ކޮޕީ ހުށަހެޅުން
- ޢިމާރާތް ހުރި ސަރަހައްދު ބަޔާން ކުރުން
- ޢިމާރާތުގެ ކުލި ބަޔާން ކުރުން
- ޢިމާރާތް ކުއްޔަށް ދެވޭނެ އެންމެ ދިގު މުއްދަތު.
ނޯޓް: ސަރުކާރުގެ ޢިމާރާތެއްނަމަ އެފަރާތްތަކަށް ޢިސްކަން ދެވޭނެއެވެ.
ކުއްޔަށް ހިފަން ބޭނުންވާ ޢިމާރާތުގައި ހުންނަޖެހޭ ކަންތައްތައް
- ޢިމާރާތުގެ ކަރަންޓާއި ފެން ވަކިކޮށްފައި ހުރުން .
- ޢިމާރާތުގައި ވަކިން ފޯންލައިން އަޅާފައި ހުރުން.
- ޢިމާރާތުގައި ވަކިން ފާޚާނާ ހުރުން.
- ޢިމާރާތަކީ ސެކިއުރިޓީ ވަރުގަދަކޮށް ހަދާފައި ހުރި ޢިމާރާތަކަށްވުން.
- ކަސްޓަމަރުންނަށް ޚިދުމަތް ދިނުމަށް ބޭނުންކުރާގޮތަށް ހޯދޭ ޢިމާރާތަކަށް ވާތީ ޢިމާރާތުގެ ޚިދުމަތްދޭ އޭރިޔާ މަގުމަތިން އެތެރެ ފެންނަގޮތަށް ބިއްލޫރި ޖަހާފައިވާ ތަނަކަށްވުން
- ރަށުގެ ރަނގަޅު ހިސާބެއްކަމުގައިވުން (މައި މަގަށް ވާގޮތަށް ހުންނަ ތަނެއްކަމުގައިވުން)
ހުށަހަޅަންޖެހޭ އިތުރު މަޢުލޫމާތުތައް:
- ބިޑް ހުށަހަޅުއްވާއިރު ބިމާއި ޢިމާރާތުގެ ވެރިފަރާތްކަން ނުވަތަ ހުށަހަޅާ ތަނަކާ އެފަރާތަކާ ހުރިގުޅުން އެގޭނެ ލިޔުމަކާއި އައި.ޑީ ކާރޑްގެ ކޮޕީ އާއި އެކު ހުށަހެޅުން
މި ބިޑާއި ގުޅިގެން ޕޮއިންޓް ދެވޭނެގޮތް ތިރީގައި އެވަނީއެވެ.
- އަގު: %50
- ކުއްޔަށްދޭ މުއްދަތު:%20
- ސެކިއުރިޓީ ގޮތުން ވަރުގަދަ ޢިމާރާތެއްނަމަ: %30
20 شوّال 1440
23 ޖޫން 2019