ދިވެހިރާއްޖެ
މި މަޤާމަށް ބޭނުންވާ ފެންވަރު/ޝަރުތު އަދި މަޤާމުގެ މަސްއޫލިއްޔަތު މި އިދާރާގެ ވެބްސައިޓް (www.ncit.gov.mv) ގައިވާ "ޓާމްސް އޮފް ރިފަރެންސް" ގައި ބަޔާންކުރެވިފައިވާނެއެވެ.
މަޤާމް: |
ސޮފްޓްވެއަރ އަނަލިސްޓް – އީ-ސަރވިސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް |
ބޭނުންވާ އަދަދު: |
1 (އެކެއް) |
މުއްދަތު: |
2 (ދޭއް) އަހަރު |
މުސާރަ: |
މަހަކު 15,000/- ރުފިޔާ |
ހުށަހަޅަންޖެހޭ ލިޔެކިއުންތައް:
|
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ) (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓުތައް އެކްރެޑިޓް ކުރަން ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމުގެ ކޮޕީ.
|
ހުށަހަޅަންޖެހޭ ތާރީޙް: މިމަސަތްކަތައް ޝައުޤުވެރިވެލައްވާ ބޭފުޅުން 08 ޖުލައި 2019 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން މަތީގައި ބަޔާންކުރެވިފައިވާ ލިޔެކިއުންތަކާއި އެކު ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީއަށް ނުވަތަ މިއޮފީހުގެ އީމޭލަށް jobs@ncit.gov.mv ފޮނުއްވުން އެދެމެވެ.
މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް އީމޭލް ކުރައްވާނީ jobs@ncit.gov.mv އެޑްރެހަށެވެ.
އޮފީހުގެ މަޢުލޫމާތު:
ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ،
64، ކަލާފާނު ހިނގުން، މާލެ، ދިވެހިރާއްޖެ
ފޯނު ނަންބަރު: (960) 334 4000 ،ފެކްސް ނަންބަރު: (960) 334 4004
އީމޭލް އެޑްރެސް: secretariat@ncit.gov.mv
ވެބްސައިޓް: www.ncit.gov.mv
24 ޝައްވާލް 1440
27 ޖޫން 2019