ދިވެހިރާއްޖެ
ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީން ކޮށްފައިވާ އިޢުލާން ނަންބަރުIUL) 164/1/2019/42) ގައި ހޯދުމަށް މައުލޫމާތުދެވިފައިވާ STORAGE ގެ ސްޕެސިފިކޭޝަނަށް ބަދަލު އައުމާއި ގުޅިގެން ބީލަން ހުށަހެޅުމަށް ދީފައިވާ ތާރީޙަށް ބަދަލުގެނައުމަށް ވަނީ ހަމަޖެހިފައެވެ.
ވީމާ، މި އިދާރާއިން ކޮށްފައިވާ ޢިއުލާން ނަންބަރުIUL) 164/1/2019/42) އަށް ބީލަން ހުށަހެޅުއްވުމަށް ޝައުގުރުވެރިވެލައްވާ ފަރާތްތަކުން 07 ޖުލައި 2019 ވާ އާދީއްތަ ދުވަހުގެ 10:00 އަށް ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީގެ އިމާރާތަށް (64 ނަންބަރ ކޮށި، ކަލާފާނު ހިނގުން) ޙާޟިރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި މި އިދާރާގެ ވެބްސައިޓް www.ncit.gov.mv އަދި www.gazette.gov.mv ގައި ބަދަލުތަކާއިއެކު މައުލޫމާތު ކަރުދާސް ޝާއިރުކުރެވިފައިވާނެއެވެ.
އިތުރު މައުލޫމާތު ހޯއްދެވުމަށް:
ޕްރޮކިއުމަންޓް ސެކްޝަން
ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ
ކަލާފާނު ހިނގުން، މާލެ، ދިވެހިރާއްޖެ
ފޯން: 3344000
އީ-މެއިލް: procurement@ncit.gov.mv
28 ޝައްވާލް 1440
01 ޖުލައި 2019