ދިވެހިރާއްޖެ
|
|
މަޤާމް: |
އީސަރވިސް ސަޕޯޓް ޓެކްނީޝަން |
ބޭނުންވާ އަދަދު: |
01 |
މަސައްކަތުގެ މުއްދަތު: |
2 އަހަރު |
މަސައްކަތުގެ ވަގުތު: |
ބަންދުނޫން ކޮންމެ ދުވަހަކު ހެދުނު 08:00 މެންދުރުފަހު 02:00 (އޮފީހުން ބޭނުންވެއްޖެ ހާލަތެއްގައި ހަވީރު 04:00 ޖަހަންދެން މަސައްކަތް ކުރެވެންވާނެއެވެ.)
|
މަޤާމް އޮތް އޮފީސް: |
ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ |
މުސާރަ: |
4,465.00 ރުފިޔާ |
ސަރވިސް އެލަވަންސް: |
މަހަކު 3,062/75 ރުފިޔާ |
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
(މިމަސައްކަތައް ބޭނުންވާ ފެންވަރާއި ޝަރުތުގެ އިތުރު ތަފްސީލު އަދި "ޓާމްސް އޮފް ރިފަރެންސް" މިއޮފީހުގެ ވެބްސައިޓް (www.ncit.gov.mv) އިން ލިބެން ހުންނާނެއެވެ.) |
މަޤާމުގެ ޝަރުތުތައް: |
ޖީ.ސީ.އީ އޯ ލެވެލް ގެ 3 (ތިން) މައްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވާ ވުމާއި، އިންފޮމޭޝަން ޓެކްނޯލޮޖީ ދާއިރާގެ އަސާސީ ތައުލީމު ލިބިފައިވުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް: |
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ) (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓުތައް އެކްރެޑިޓް ކުރަން ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމުގެ ކޮޕީ. 5. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ 6. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. |
ހުށަހަޅަންޖެހޭ ތާރީޙް: މިމަސައްކަތައް ޝައުޤުވެރިވެލައްވާ ބޭފުޅުން 11 ޖުލައި 2019 ވާ ބްރާސްފަތި ދުވަހުގެ 12:30ގެ ކުރިން މަތީގައި ބަޔާންކުރެވިފައިވާ ލިޔެކިއުންތަކާއި އެކު ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީއަށް ނުވަތަ މިއޮފީހުގެ އީމޭލަށް jobs@ncit.gov.mv ފޮނުއްވުން އެދެމެވެ.
މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް އީމޭލް ކުރައްވާނީ jobs@ncit.gov.mv އެޑްރެހަށެވެ.
29 ޝައްވާލް 1440
02 ޖުލައި 2019