ދިވެހިރާއްޖެ
މިސްކޫލުގައި ހުރި 02 ޖަނަރޭޓަރ ނީލަން ކިޔުމަށް ކުރެވުނު ނަމްބަރ (IUL) GS17/2019/019 އިޢުލާނާއި ގުޅިގެން އެކަށީގެންވާ ވަރަށް ނީލަމުގައި ބައިވެރިވެފައިނުވާތީ އަލުން އެފުރުޞަތު ހުޅުވާލަމެވެ. ނީލަން ކިޔުން 10 ޖުލައި 2019 ވާ ބުދަ ދުވަހުގެ 16:00 ގައި މިސްކޫލްގައި އޮންނާނެއެވެ.
މިނީލަމުގައި ބައިވެރިވެވޭނީ 10 ޖުލައި 2019 ވަނަ ދުވަހުގެ 16:00 ން 16:30 އަށް ނީލަމުގައި ބައިވެރިވުމަށް އެދި މިސްކޫލަށް ހާޟިރުވެ ނީލަމުގެ ޙާޟިރީގައި ސޮއިކުރާ ފަރާތްތަކަށް އެކަންޏެވެ.
އަދަދު |
ތަކެތީގެބާވަތް |
ނީލަން ނަމްބަރ |
ނީލަން ފަށާ އަގު |
01 |
ތުރީފޭސް ޔަންމާ ޖަނަރޭޓަރ (TF90) |
2019/01 |
-/5000 |
01 |
ތުރީފޭސް ޔަންމާ ޖަނަރޭޓަރ (VT8) |
2019/02 |
-/10000 |
ނީލަމުން ނަގާ ތަކެއްޗަށް ރަސްމީ 03 ދުވަސް ތެރޭގައި ފައިސާ ދައްކަން ވާނެއެވެ. މިމުއްދަތުގައި ނީލަމުން ތަކެތި ނެގި ފަރާތުން ތަކެއްޗަށް ފައިސާ ނުދައްކައިފިނަމަ، ދެވަނައަށް އެންމެމަތިން އަގުހުށަހެޅި ފަރާތަށް ނީލަން ކާމިޔާބުވިކަމަށް ބަލާ ތަކެތި ދޫކުރެވޭނެއެވެ. އަދި ފައިސާ ދައްކާ ތާރީޚުން ފެށިގެން ގިނަވެގެން 05 (ފަހެއް) ދުވަހުގެ ތެރޭގައި ތަކެތި ގެންދަންވާނެއެވެ.
ފައިސާދެއްކުމަށްފަހު ކަނޑައެޅިފައިވާ މުއްދަތުގައި ނުގެންގޮސް ހުންނަ ތަކެތި ސްކޫލުން ކަޑައަޅާ ގޮތުގެ މަތިން އަމަލުކުރެވޭނެއެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.