ދިވެހިރާއްޖެ
ށ. އަތޮޅު ތަޢުލީމީ މަރުކަޒު
ށ.ކޮމަންޑޫ، ދިވެހިރާއްޖެ
ނަންބަރ : GS09/2019/25
އިޢުލާން
މަޤާމް: އެޑްމިނިސްޓްރޭޓިވް އޮފިސަރ
މަޤާމުގެ ނަންބަރު: J-129864
ބޭނުންވާ އަދަދު: 01
މަޤާމުގެ ގިންތި: ދާއިމީ
މަޤާމުގެ ރޭންކު: ޖީ.އެސް 3
މަޤާމުގެ ކުލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1
ސެކްޝަން: އެޑްމިނިސްޓްރޭޓިވް ސެކްޝަން
މަޤާމް އޮތް އޮފީސް: ށ. އަތޮޅު ތަޢުލީމީ މަރުކަޒު
ވަޒީފާ އަދާކުރަންޖެހޭ ތަން: ށ. އަތޮޅު ތަޢުލީމީ މަރުކަޒު، ށ.ކޮމަންޑޫ
މުސާރަ: -/4465ރ ( މަހަކު )
ސާވިސް އެލަވާންސް: -/1500ރުފިޔާ
އެހެނިހެން އެލަވާންސް: ސަޕޯޓިންގ ކޯ އެލަވަންސް 700.00 ރުފިޔާ (މަހަކު)
އިތުރު ޢިނާޔަތްތައް:
- ސިވިލްސާވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް:
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން:
- ސިވިލްސާވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ:
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
- އެންޓްރީ ނެގުމާއި އެންޓްރީ ހަވާލުކުރުން، ސެކްޝަނަށް އަންނަ ފޯންކޯލްތަކަށް ޖަވާބްދާރީވުން.
- ދުވަހުން ދުވަހަށް ސްކޫލަށް އަންނަ މެއިލް، މެސެޖް އަދި ސިޓީތަށް އެންޓްރީކޮށް އެ ހަވާލްކުރަންޖެހޭ މުވައްޒަފުންނަށް ހަވާލްކުރުން. އަދި ޖެމްސް ޗެކްކޮށް އެންޓްރީނެގުން.
- ދުވަހުން ދުވަހަށް ސްކޫލަށް އަންނަ މެއިލް، މެސެޖް އަދި ސިޓީތަކަށް ޖަވާބްދިނުމާއި އެ މެސެޖްތައް ފައިލްކުރުން.
މުވައްޒަފުންގެ ހާޒިރީ ބެލުމާއި، ކޮންމެ މަހެއްގެ އޯޓީ ތައްޔާރުކުރުމާއި، ކޮންމެ އަހަރެއްގައި އެޕްރައިސަލް ތައްޔާރުކުރުން އަދި މުވައްޒަފުންނާ ގުޅުންހުރި އެންމެހާ އިދާރީ މަސައްކަތް ކުރުން.
- އެކި ކަންކަމުގައި ސްކޫލުން ބާއްވާ ބައްދަލުވުންތަކުގައި ބައިވެރިވުމާއި އެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ތައްޔާރުކޮށް ކަމާބެހޭފަރާތްތަކަށް ހިއްސާކުރުން.
- މުވައްޒަފުންގެ ހާޟިރީ ސަލާމް / ޗުއްޓީ / ހާޒިރުނުވާ / ގަޑިޖެހުން ފަދަ ކަންކަން ސިވިލް ސަރވިސްގެ ޤަވާއިދާއި އެއްގޮތަށް ހާޒިރީގައި ކޮންމެ ދުވަހަކު އަޕްޑޭޓްކުރުން އަދި މެޑިކަލް ސެޓްފިކެޓް / ސަލާމް ނުވަތަ އާއިލީ ޒިންމާގެ ފޯމް ބަލައިގަނެ، ޕްރޮސެސް ކުރުން.
- ސްކޫލްގެ އިންވެންޓްރީ ޤަވާޢިދުން ބެލެހެއްޓުން.
- ސްކޫލުގެ ކިޔަވައިދިނުމާއި ގުޅުންހުރި ކަންތައްތަކުގައި އެހީތެރިވެދިނުން.
- ޖީ.ސީ.އީ އޯލެވެލް، އޭލެވެލް އިމްތިޙާންގެ ކަންތައްތައް، ޙަވާލުވެ ތިއްބަވާ ވެރިން އަންގާ ގޮތެއްގެ މަތިން ކުރުމާއި
ސެޓްފިކެޓްތައް ލިބުމުން އޭގެވެރިންނަށް ޙަވާލުކުރުމަށްޓަކައި ވެރިން އަންގާ ގޮތެއްގެ މަތިން ޢަމަލުކުރުން.އަދި ޖީ.ސީ.އީ އޯލެވެލް، އޭލެވެލް އިމްތިޙާންތަކުގެ އިދާރީ ލިޔެކިޔުންތަކުގެ ކަންތައްތައް ކުރުން.
- ސަރުުކާރުގެ މުދަލާ ފައިސާއާއިބެހޭ ޤަވާއިދުތަކާ އެއްގޮތަށް މަރުކަޒުގެ ސްޓޮކް ބެލެހެއްޓުން. އަދި ސްޓޮކަށް އެތެރެވާ، ސްޓޮކުން ބޭރުވާ ތަކެތި ރެކޯރޑްކޮށް ބޭނުންވާ ތަކެތީގެ މަޢުލޫމާތު ބަޖެޓް ސެކްޝަނަށް އަންގާ، ބެލެހެއްޓުން.އަދި މުވައްޒަފުންނަށް ދަތި ނުވާނޭހެން ތަކެތި ލިބޭނޭ އިންތިޒާމެއް ހަމަޖައްސާ ތަކެތި ދޫކުރުން.
- ތަކެއްޗާއި ޚިދުމަތަށް އެދޭ ފޮތުގައި ރެކޯޑުކޮށްގެން ގަންނަން ޖެހޭތަކެތީގެ ތަފްސީލްތައް ރެކޯޑުކޮށް ތަކެތި ގެނައުމުގެ އިންތިޒާމް ހަމަޖެއްސުން.
މަޤާމުގެ ޝަރުތުތައް:
'1. ސާނަވީ' ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި ' ދިވެހި' މި މާއްދާއިން ދަށްވެގެން ' ސީ ' ގްރޭޑް ލިބިފައި ވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން .ނުވަތަ
- 2. މަތީ ސާނަވީ' ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި ' ދިވެހި' މި މާއްދާއިން ދަށްވެގެން ' ސީ ' ގްރޭޑް ލިބިފައިވުން. ނުވަތަ
- މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 4 ގެ ސަނަދެއްހާސިލްކޮށްފައިވުން
ގުޅޭ ވަޒީފާގެ ދާއިރާތައް:
1- އެޑްމިނިސްޓްރޭޝަން
ތައުލީމީ ރޮނގުތައް:
1. ބިޒްނަސް އެޑްމިނިސްޓްރޭޝަން
2. ބިޒްނަސް މެނޭޖްމަންޓް
3. ޕަބްލިކް އެޑްމިނިސްޓްރޭޝަން
ހުށަހަޅަންޖެހޭ ލިޔުންތައް:
1- ފުރިހަމަކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމް ( މިފޯމް ސިވިލްސާރވިސް ކޮމިސަންގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ) ލިބެންހުންނާނެއެވެ.
2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް )
3- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
4- ސިވިލްސާވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް ، ވަޒީފާއަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
5- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވަލް ކަޑައަޅައިފައިވާ ، ރާއްޖޭންބޭރުގެ މަތީތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކުރިޕްޓްގެ ކޮޕީ:ނުވަތަ ކޯސްފުރިހަމަކުރިކަމުގެ ލިޔުމާއިއެކު ކޯހުން ލިބޭސަރޓިފިކެޓް ވަކިފެންފަރެއްގައި ޤަބޫލުކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސްގެ އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.
(ށ) މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީސެޓްފިކެޓް ތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ: ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ:
6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާއިގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.
7. ސިވިލްސާވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓްލިބިފައިވާނަމަ ، އެސެޓްފިކެޓްގެ ކޮޕީ.
8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.
(ހ) ދަޢުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާއަދާކޮށްފާވާނަމަ ، އަދާކޮށްފާވައިވާ ވަޒީފާ ، އަދި ވަޒީފާގެ މުއްދަތާއި، ފަޒީފާގެ މަސްޢޫލިއްޔަތު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ.) އަމިއްލަކުންފުންޔެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ ، ވަޒީފާ އަދާކުރި މުއްދަތާއި ، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން: ނުވަތަ ވަޒީފާއަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކްފޯމް.
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭ ކަންތައްތައް:
- ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު
- މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު
- މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތައް
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
ވަޒީފާއަށް އެދޭ ފޯމް މިމަރުކަޒުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މަޤާމަށް އެދި ހުށައަޅަންޖެހޭ ތަކެތި ހުށަހަޅާނީ 14 ޖުލައި 2019 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ، ށ. އަތޮޅު ތަޢުލީމީ މަރުކަޒަށެވެ. ވަޒީފާއަށް އެދޭފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. މިމަރުކަޒުގެ އީމެއިލް އެޑްރެހަކީ admin@shaec.edu.mv އެވެ. ފޯން ނަންބަރ އަކީ 6540062 އެވެ. އެޕްލިކޭޝަން ފޯމާއިއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލްކުރެވޭނެއެވެ.
އިންޓަރވިއު އޮންނާނެ ތަނާއި, މުއްދަތު:
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 16 ޖުލައި 2019 އާއި 18 ޖުލައި 2019 އާ ދެމެދު، ށ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ. ވުމާއިއެކު، މިވަޒިފާއަށް ކުރިމަތިލާފަރާތްތަކުން އެތާރީޚް ތަކުގައި އިންޓަރވިއުއަށް ޙާޟިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
ޝޯޓް ލިސްޓްކުރުން:
މި ވަޒީފާއަށްއެދި ހުށައަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސްލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.
އިތުރުމަޢުލޫމާތު ހޯދުން:
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6540062 ނަންބަރ ފޯނާއެވެ. އީމެއިލް ކުރައްވާނީ admin@shaec.edu.mv އަށެވެ.