ދިވެހިރާއްޖެ
2 އޯގަސްޓް 2019 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ އާންމު އިންތިޙާބުގައި ވާދަކުރުމަށާއި އަދި އިންތިޙާބުގައި ވޯޓް ދިނުމުގެ ޙައްޤު ލިބިފައިވާ މި އެސޯސިއޭޝަންގެ ފަރުދީ މެންބަރުންގެ ދަފްތަރު އާންމު ކުރަމެވެ.
ފަރުދީ މެންބަރުންގެ ދަފްތަރު މި އިޢުލާން ގެ ޑައުންލޯޑްސް ގައި ހިމެނިފައި ވާނެއެވެ. އަދި އެސޯސިއޭޝަން ގެ މެންބަރުންގެ ރަސްމީ ވައިބަރ ގްރޫޕް އާއި އެސޯސިއޭޝަންގެ އިދާރާގެ ނޯޓިސް ބޯޑުގައި ހަރުކުރެވިފައިވާނެއެވެ.
ވީމާ، އާންމު ކުރެވިފައިވާ، މި އެސޯސިއޭޝަންގެ ފަރުދީ މެންބަރުން ގެ ދަފްތަރާއި ގުޅިގެން އެއްވެސް ޝަކުވާއެއްވާނަމަ، 14 ޖުލައި 2019 ވަނަ ދުވަހުގެ (އާދިއްތަ) މެންދުރު 12:00 ގެ ކުރިން، އިންތިޙާބު ކޮމިޓީއަށް އެޑްރެސްކޮށް، ލިޔުމަކުން މި އެސޯސިއޭޝަންގެ އިދާރާއަށް ހުށަހެޅުން އެދެމެވެ. ޝަކުވާ ހުށަހެޅުމުގެ ސުންގަޑީގެ ފަހުން ހުށަހަޅާ އެއްވެސް ޝަކުއާއެއް ބަލައި ނުގަނެވޭނެވާހަކަ އަންގަމެވެ.
އިތުރު މަޢުލޫމާތު 7812226 އިދާރާގެ މޯބައިލް އާއި ގުޅުންއެދެން.