ދިވެހިރާއްޖެ
`
މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
އުނގޫފާރު، ދިވެހިރާއްޖެ ނަންބަރު: IUL)303-AS/2019/51)
އިޢުލާން
26 ޖުލައި 2019 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުމުގެ ދަޢުވަތު
2019 ވަނަ އަހަރު މިކައުންސިލުން ހިންގަމުންދާ ހަރަކާތްތަކާއި، 2020 ވަނަ އަހަރުގެ މިކައުންސިލް ބަޖެޓް ހުށަހެޅުމާއި، 2020 ވަނަ އަހަރު މިކައުންސިލުން ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކާއި ގުޅޭ މަޢުލޫމާތު ދިނުމަށްޓަކައި ބާއްވާ ބައްދަލުވުން 26 ޖުލައި 2019، ހުކުރު ދުވަހުގެ ރޭ 20:30 ގައި އުނގޫފާރު ސުކޫލް ރިހިމާލަމުގައި އޮންނާނެވެ.
މިބައްދަލުވުމުގައި ތިރީގައި މިދަންނަވާ މަޢުލޫމާތު ދިނުން ކުރިއަށް ދާނެއެވެ.
- އުނގޫފާރު ކައުންސިލްގެ 2020 ވަނަ އަހަރުގެ މަސައްކަތު ތާވަލް ހުށަހެޅުން
- އުނގޫފާރު ކައުންސިލުން 2020 ވަނަ އަހަރުގެ ބަޖެޓް ހުށަހެޅުން
- އުނގޫފާރު ރައްޔިތުންގެ އިންޖީނުގޭގެ 2019 ވަނަ ފުރަތަމަ 6 މަސްދުވަހުގެ ރިޕޯޓް
- އުނގޫފާރު ރައްޔިތުންގެ ވިޔަފާރިގޭގެ 2019 ވަނަ ފުރަތަމަ 6 މަސްދުވަހުގެ ރިޕޯޓް
- އުނގޫފާރު ރައްޔިތުންގެ ކުނިކޮށީގެ 2019 ވަނަ ފުރަތަމަ 6 މަސްދުވަހުގެ ރިޕޯޓް
- އުނގޫފާރު ރައްޔިތުންގެ ބޭސްފިހާރައިގެ 2019 ވަނަ ފުރަތަމަ 6 މަސްދުވަހުގެ ރިޕޯޓް
- އުނގޫފާރު ރައްޔިތުންގެ ނަރުދަމާ ނިޒާމްގެ 2019 ވަނަ ފުރަތަމަ 6 މަސްދުވަހުގެ ރިޕޯޓް
ވީމާ، މިބައްދަލުވުމަށް އުނގޫފާރުގެ އެންމެހާ ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.
08 ޖުލްގައިދާ 1440
11 ޖުލައި 2019