ދިވެހިރާއްޖެ
އިޢުލާން
ކޯހުގައި ކިޔަވާނެ ދަރިވަރުން ހޯދުމާ ބެހޭ
މި އިންސްޓިޓިއުޓާއި ހޭންޑްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން "ބޭސިކް ހޭންޑްބޯލް ކޯޗިންގ" ކޯހެއް މާލޭގައި ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ. މި ކޯހުގައި ބައިވެރިވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ފޯމް ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ.
ކޯހުގެ ނަން:ބޭސިކް ހޭންޑްބޯލް ކޯޗިންގ ކޯސް |
މުއްދަތު:8 ދުވަސް |
ކޯސް ފެށޭ ތާރީޚް: 01 އޮގަސްޓު 2019 |
ކޯހުގެ ފީ: ހިލޭ |
ކޯސް ހިންގާނެ ތަން: މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް (ހ.ބޯޅަގެ) / މާލެ |
ޖާގަ: 30 |
ކޯހުގެ ޝަރުތު ހ. އުމުރުން 16 އަހަރު ވެފައިވުމާއިއެކު ބޭސިކް އެޑިއުކޭޝަން (ގްރޭޑް 6)، ފުރިހަމަކޮށްފައިވުން އަދި ބޭސިކް އިނގިރޭސި ބަހުން މުޢާމަލާތް ކުރަން އެނގުން |
ފޯމް ލިބެން ހުންނާނެތަން: މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް (ހ.ބޯޅަގެ) / www.youth.gov.mv ވެބްސައިޓުން |
ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވާ އެންމެ ފަހުގެ ތާރީޚް: 22 ޖުލައި 2019 ވާ ހޯމަ ދުވަހުގެ 14:00 ގެ ނިޔަލަށެވެ. |
ނޯޓް: އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސްގެ ނަންބަރު 3326986 އަށް ގުޅުއްވުން އެދެމެވެ. |
12 ޛުލްޤައިދާ 1440