ލ.އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކޮޓަރިއެއް ކުއްޔަށް ހިފުމަށް ބޭނުންވެއްޖެ
- މިމަރުކަޒުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް ތިރީގައި މިދަންނަވާ މަސައްކަތަށް ޝަރުތުހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
1.1 މިސްކޫލަށް 01 ކޮޓަރި (ފަރުނީޗަރާއި، ހިފާގެންގުޅޭ ތަކެއްޗާއިއެކު، ކައްކާ ކެވޭގޮތަށް) 02 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަން ހިފަން ބޭނުން ވެއްޖެއެވެ.
ވީމާ، މި ކަމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 24 ޖުލައި 2019 ވާ ބުދަ ދުވަހު ހެނދުނު 10:00 އަށް މި ސްކޫލްގެ އިދާރީ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ތަނުގެ ކުރެހުމާއި އިންވެންޓްރީ އަދި ލިބެންހުރި އެހެނިހެން ޙިދުމަތްތައް ބަޔާންކޮށް ކުއްޔަށް ދިނުމަށް ގަސްތުކުރާ އަގު 29 ޖުލައި 2019 ވާ ހޯމަ ދުވަހުގެ 10:00 އަށް މިސްކޫލްގެ އިދާރީ އޮފީހަށް ވަޑައިގެން ހުށައެޅުއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ލ.އަތޮޅު ތަޢުލީމީ މަރުކަޒު
ސިރާޖުއްދީންމަގު، ފޮނަދޫ، ދިވެހިރާއްޖެ.
ފޯން: 6800013
އީ-މެއިލް: admin@laec.edu.mv
ކޮޕީ އީމެއިލް: laamuaec@hotmail.com
18 ޖުލައި 2019
ހޯދާ