މޯލްޑިވްސް ޕޮލިސް ސަރވިސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ހާއްސަ ނީލަން
ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ޤަވައިދާއި ޚިލާފަށް ވަދެއުޅެނިކޮށް އަތުލައި ގަނެފައިވާ ސްރީލަންކާގެ މަސްބޯޓުގައި ހުރި މަސްތައް ޚާއްޞަނީލަމެއްގެ ގޮތުގައި ވިއްކާލުމަށް ބޭނުންވެއެވެ.
- ނީލަން ކިޔުން އޮންނާނީ 2019 ޖުލައި 25 ވާ ބުރާސްފަތި ދުވަހު 13:00 ގައި އިސްކަންދަރުކޮށި-01 ގެ ތިރީ މީޓިން ރޫމުގައެވެ.
- މިތަކެތި ބެހެއްޓިފައިވަނީ ހުޅުމާލެ ކައިރީގައި އެމް.އެން.ޑީއެފްގެ ޚާއްސަ ބެލެހެއްޓުމުގެ ދަށުގައެވެ.
- މިތަކެތި ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކަށް 2019 ޖުލައި 25 ވާ ބުރާސްފަތި ދުވަހު 09:00 ގައި ބެލޭނޭ އިންތިޒާމް ހަމަޖައްސަވައި ދެވޭނެއެވެ.
- ނީލަން ކިއުމަށް ހަމަޖެހިފައިވަނީ 2150 ކިލޯ ގެ މަހެވެ. މި މަސްތަކަކީ އައިސް އަޅައިގެން މަސްތަކުގެ ފިނިކަން ނުގެއްލޭ ގޮތަށް ބަލަހައްޓަމުން ގެންގޮސްފައިވާ މަސްތަކެކެވެ. ނީލަން ކިއާނީ ޖުމްލަ 2150 ކިލޯއަށެވެ.
- ނީލަން ކިޔާނީ ހާޒިރީންގެ ކުރިމަތީގައި އަނގަބަހުންނެވެ. އަދި ނީލަމަށް އިތުރުކުރުމަށް ހުށަހަޅާނީވެސް ހާޒިރީންނަށް އަޑުއިވޭވަރަށް އަނގަ ބަހުންނެވެ.
- ނީލަން ފެށޭނީ ކިލޯ އަކަށް 14 ރުފިޔާގެ ރޭޓުންނެވެ.
- ނީލަމަށް އިތުރުކުރެވޭނީ ފަހަރަކު -/1 (އެކެއް) ރުފިޔާ އަށްވުރެން ކުޑަނޫން އަގެއް ހުށަހަޅައިގެންނެވެ.
- ނީލަން ނިމޭތާ 24 ގަޑީރުތެރޭގައި ނީލަން ކާމިޔާބު ކުރި ފަރާތުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފައިނޭންސް އެންޑް އެސެޓް މެނޭޖްމަންޓްއަށް ފައިސާ ހަވާލު ކުރަންވާނެއެވެ.
- ނީލަން ނިމޭތާ 48 ގަޑީރު ތެރޭގައި މަސްތައް ގެސްގޮސް ނިންމަންވާނެއެވެ.
- އީމެއިލް:
- ޓު: finance.asset@police.gov.mv
- ކޮޕީ:hs_3469@police.gov.mv
ވީމާ، ނީލަމަށް ޝައުޤްވެރިވެލައްވާ ފަރާތްތަކުން 2019 ޖުލައި 24 ވާ ބުދަަ ދުވަހު 10:00 ގެ ކުރިން ތިރީގައިވާ އީމެއިލް އެޑްރެހަށް މި އިއުލާނާއި އެއްހީރަސް ކުރެވިފައިވާ " ނީލަމުގައި ރަޖިސްޓަރީވާ ފޯމް " ފުރިހަމަކޮށް ނެޝަނަލް އައި.ޑީ ކާޑުގެ ކޮޕީ / ކުންފުނި ރަޖިސްޓްރީ ކޮޕީ އާއި އެކު މަތީގައިވާ މެއިލް ފޮނުވުން އެދެމެވެ. ނީލަމުގައި ރަޖިސްޓްރީވިކަމަށް ޔަގީންކުރަންވާނީ ރަޖިސްޓްރީވި ކަމުގެ މެއިލް ލިބުމުންނެވެ.
20 ޖުލައި 2019
ހޯދާ