ދިވެހިރާއްޖެ
`
ގެމަނަފުށީ ސްކޫލް |
|
ގެމަނަފުށ |
|
ދިވެހިރާއްޖެ. |
އިޢުލާން ނަންބަރ: GS-202/IUL/2019/24
ބީލަން ހުށަހެޅުމުގެ ދަޢުވަތު
-
ގެމަނަފުށީ ސްކޫލުގެ ހެނދުނުގެ ދަންފަޅީގެ ކުދީންނަށް ހެދުނުގެ ނާސްތާތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިއުލާން ނަންބަރ GS202/IUL/2019/17 އިޢުލާނާ ގުޅިގެން ބިޑްކާމިޔާބުކުރި ފަރާތަކީ މިސްކޫލގެ މުވައްޒަފަކަށް ވުމުން އޭ،ސީ،ސީ ގެ ލަފަޔަކަށް އެދުމުން މާލިއްޔަތު ޤަވާއިދުގެ 12.17 ގައި ތަނުގެ މުވައްޒަފަކަށް ނުދެވޭނެކަން ބަޔާންކޮށްފައިއިވުމުން ބިޑް ބާޠިލްކޮށް އަލުން ތިންވަނަ ފަހަރަށް މިމަސައްކަތަށް ޝަރުތުހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
-
މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 އޮގަސްޓް 07 އިން 2019 އޮގަސްޓް 08 އަށް މިދެ ދުވަހަކުގެ ހެނދުނު 9:30 އިން 12:30 އަށް މިސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ. އަދި 2019 އޮގަސްޓް 12 އިން 2019 އޮގަސްޓް 14 އަށް މި ތިން ދުވަހުގެ ހެނދުނު 10:00 އިން 12:00 އަށް މިސްކޫލަށް އައިސް ނަންނޯޓް ކުރެއްވުން އެދެމެވެ.
-
މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 އޮގަސްޓް 19 ވާ ހޯމަ ދުވަހުގެ 13:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
-
މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2019 އޮގަސްޓް 20 ވާ އަންގާރަ ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.
-
ބީލަން ހުޅުވުން އޮންނާނީ 2019 އިގަސްޓް 27 ވާ އަންގާރަ ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.
-
މި ޕްރޮޖެކްޓްގެ ބިޑު ސެކިއުރިޓީގެ ގޮތުގައި 5,000/- (ފަސްހާސް) ދިވެހި ރުފިޔާ ހުށަހަޅަންވާނެއެވެ. ބިޑު ސެކިއުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 30 ދުވަހެވެ.
-
މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
-
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ގެމަނަފުށީ ސްކޫލް
ގއ. ގެމަނަފުށީ
ފޯން: 7782730
އީ-މެއިލް: admin@gemanafushischool.edu.mv
ކޮޕީ އީ-މެއިލް: admin@gemanafushischool.edu.mv
05 ޙައްޖު 1440
07 އޮގަސްޓް 2019