ދިވެހިރާއްޖެ
ނަންބަރު:FNK-I/IUL/2019/159
އިޢުލާން
ދ.މާއެނބޫދޫ ބްރާންޗުގެ އިދާރީ މަސައްކަތް ކުރުމަށްޓަކައި ޢިމާރާތެއް ކުއްޔަށް ހިފުމާއިގުޅޭ:
މިކުންފުނީގެ ދ.މާއެނބޫދޫ ބްރާންޗުގެ އިދާރީ މަސައްކަތް ކުރުމަށްޓަކައި ޢިމާރާތެއް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ.
މިކަމާގުޅޭ މަޢުލޫމާތު ކަރުދާސް ދ.މާއެނބޫދޫ ބްރާންޗުން އަދި މި ކުންފުނީގެ ހެޑްއޮފީސް (ޕޯރޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) އިން ރަސްމީ ދުވަސްތަކުގެ ހެދުނު 09:00 ން މެންދުރުފަހު 14:30ހަށް ލިބިވަޑައިގަންނަވާނެއެވެ. އަދި މަޢުލޫމާތު ކަރުދާސް މި ޢިޢުލާންއާއި އެކު އެއްއުރަ ކުރެވިފައިވާނެއެވެ.
ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީހިސާބު ހުށަހަޅާނީ 27 އޮގަސްޓް 2019 ވާ އަންގާރަ ދުވަހުގެ 10:00 ހަށް މި ކުންފުނީގެ ހެޑްއޮފީސް (ޕޯރޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) އަށް ނުވަތަ ދ.މާއެނބޫދޫ ބްރާންޗަށެވެ. ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ.
17 ޛުލްޙައްޖް 1440
18 އޮގަސްޓް 2019