ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ނީލަން ކިއުން.
ފުވައްމުލަކު ދިގުވާނޑު އަވަށު އީސާނައިބުމަގު ފުޅާކުރުމަށް އެތަނުން ނެގުނު ކަޖަން ގޯތި ބަދަލުކުރި ހުސްބިމުގައި ހުރި 03 ފުނަގަހާއި ރުކުގެ ނީލަންކިޔުން 21 އޮގަސްޓް 2019 (ބުދަ) ދުވަހު 9:00 ގައި އެބިމުގައި އޮންނާނެއެވެ.
ވީމާ މި ނީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 21 އޮގަސްޓް 2019 ވަނަ ދުވަހު 9:00 އަށް އެބިމަށް ވަޑައިގެން ނީލަމުގައި ބައިވެރިވުމަށް ދައުވަތު އަރުވަމެވެ. ނީލަމުން މިތަކެތި ނަންގަވާ ފަރާތްތަކުން 22 އޮގަސްޓް 2019 ވާ ބުރާސްފަތި ދުވަހު 12:00 ގެ ކުރިން ލޭންޑް އެންޑް އިންފްރާސްޓްރަކްޗަރ ޑިވަލޮޕްމަންޓް ސެކްޝަން )ކުރީގެ ފުވައްމުލަކު އޮފީސް) ގެ އިދާރާއަށް ފައިސާ ދައްކަވައި 22 އޮގަސްޓް 2019 ވަނަ ދުވަހުގެ އިރުއޮއްސުމުގެ ކުރިން ގަސްތައް ނަގައި ސާފްކޮށްދެއްވުން އެދެމެވެ.
19 އޮގަސްޓް 2019
ހޯދާ