ދިވެހިރާއްޖެ
އިއުލާން
ގަބުރުސްތާން ވަށާފާރު ރޭނުން
މިރަށު ގަބުރުސްތާން ވަށާފާރު ރޭނުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިއިދާރާއިންދޭ މައުލޫމާތާއި އެއްގޮތަށް މި މަސައްކަތްކޮށްދިނުމަށް ޝައުޤުވެރިފާ ވަރާތްތަކުން 28 އޮގަސްޓް 2019 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13.00 ށް މިއިދާރާއަށް ދުރުވެ މައުލޫމާތު ސާފްކުރެއްވުމަށްފަހު 04 ސެޕްޓެމްބަރ 2019 ވާ ބުދަ ދުވަހުގެ 13.000 ށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބް ހުށަހެޅުއްވުން އެދެމެވެ.
އަންދާސީ ހިސާބު ހުށަހެޅޭނީ މައުލޫމާތު ސާފްކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ. އަންދާސީ ހިސާބް ހުށަހަޅާ ފަރާތަކީ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތެއް ކަމުގައި ވާންޖެހޭނެއެވެ. ބަދަލުގައި ވަޑައިގަންނަވާ ފަރާތްތަކުން ބަދަލުގައި ވަޑައިގެންނެވި ކަމުގެ ސިޓީ ގެންނެވުން އެދެމެވެ. ބިޑު އިވެލުއޭޓް ކުރުމުގައި ޕޮއިންޓް ދެވޭނެ އުސޫލު މިދަންނަވަނީއެވެ.
މަސައްކަތުގެ އަގަށް 65 ޕޮއިންޓް
މާލީ ތަނަވަސް ކަމަށް 10 ޕޮއިންޓް
މުއްދަތަށް 15 ޕޮއިންޓް
މަސައްކަތުގެ ތަޖުރިބާއަށް 10
މާލީ ތަނަވަސްކަމާއި، ތަޖުރިބާއަށް ޕޮއިންޓްދެވޭނީ އެކަން ކަށަވަރުކޮށްދޭ ލިއުން ހުށަހަޅުއްވާ ފަރާތްތަކަށް އެކަންޏެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކާ އިއުލާންކުރީމެވެ.
21 އޮގަސްޓް 2019