ދިވެހިރާއްޖެ
ކުޑަކުދިންނާއި ޢާއިލާ ރައްކާތެރިކުރުމުގެ ނިޒާމް ހަރުދަނާ ކުރުން
މަޤްޞަދު: މި މިނިސްޓްރީގެ ބެލުމުގެ ދަށުން ކ. ވިލިގިލި އަދި ހުޅުމާލޭގައި ޤާއިމްކޮށްފައިވާ މަރުކަޒުތަކުގެ ހިންގުން ހަރުދަނާކޮށް މަރުކަޒުގައި ބައިތިއްވާ ކުދިންގެ ރައްކާތެރިކަންކަށަވަރުކޮށް އެހީތެރިކަން ފޯރުކޮށްދިނުން.
ކުރަންޖެހޭ މަސައްކަތްތައް:
- އިއުލާންއެކު އެޓޭޗްކުރެވިފައިވާ ޓަރމްސް އޮފް ރިފަރަންސްގެ (ޓީ.އޯ.އާޜް) 6 ވަނަ މާއްދާގައި ހިމެނިފައި.
މަސައްކަތް ކުރަންޖެހޭ ތަން:
ވިލިގިލީގައި ޤާއިމް ކުރެވިފައިވާ ކުޑަކުދިންގެ ހިޔާ
ހުޅުމާލޭގައި ޤާއިމް ކުރެވިފައިވާ ފިޔަވަތި
ބޭނުންވާ އަދަދު:
2 (ދޭއް)
މުއްދަތު:
4 (ހަތަރު) މަސް
މަސައްކަތު ގަޑި:
ދުވާލަކު 8 ގަޑިއިރު، ހަފްތާއަކު 5 ދުވަހު
މަސައްކަތުގެ އަގު:
ކޮންމެ މަހަކު 22,000/- (ބާވީސްހާސް ރުފިޔާ)
ފެންވަރު ނުވަތަ ޝަރުތު:
- ސޯޝަލް ވޯކް، ސޯޝަލް ސައިންސް ނުވަތަ މި ދާއިރާއާއި ގުޅޭ ދާއިރާއަކުން ފަންނީ ތަޖުރިބާ ލިބިފައިވުން.
- ސޯޝަލް ވޯކް، ސޯޝަލް ސައިންސް ނުވަތަ މި ދާއިރާއި ގުޅޭ އެހެން ދާއިރާއަކުން މާސްޓަރސް ނުވަތަ ބެޗެލަރސް ޑިގްރީ ހާޞިލްކޮށްފައި ވުން.
- ތަޢުލީމީ ދާއިރާއަކުން މާސްޓަރސް ނުވަތަ ބެޗެލަރސް ޑިގްރީ ހާޞިލްކޮށްފައި ވުން.
- ތަޢުލީމީ ދާއިރާއިން މަދުވެގެން މެނޭޖްމަންޓް ލެވެލްގެ ފަންނީ ތަޖުރިބާ ލިބިފައިވުން.
- ކުޑަކުދިންގެ ހައްޤުތައް ކުރިއެރުވުމާއި ރައްކާތެރިކަންދިނުމުގެ ދާއިރާގައި މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
- ދިވެހިރާއްޖޭގެ އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމަށް އަހުލުވެރި ފަރާތެއް ކަމުގައި ވުން.
- މީހުންނާއި ގުޅިގެން މަސައްކަތްކުރުމާއި ރަނގަޅަށް މުޢާމަލާތް ކުރުމުގެ ހުނަރު ހުރުން.
- ދިވެހި އަދި އިނގިރޭސި ބަހުން ރަނގަޅަށް މުޢާމަލާތްކުރުމުގެ ހުނަރު ލިބިފައިވުން.
- ކޮމްޕިއުޓަރ ބޭނުންކުރުމުގެ ހުނަރު ލިބިފައިވުން ( މައިކްރޮސޮފްޓް ވޯޑް، އެކްސެލް އަދި ޕަވަރ ޕޮއިންޓް).
ހުށަހަޅަންޖެހޭ ލިޔުންތައް:
- މި މަސައްކަތްކުރުމަށް ޝައުގުވެރިކަން ހުރިކަން ބަޔާންކޮށް ހުށަހަޅާ ސިޓީ.
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ.
- މި މަސައްކަތްކުރުމަށް އެދި ކުރިމަތިލާ ފަރާތުގެ ވަނަވަރު (ރެފްރީންގެ މަޢުލޫމާތުދީފައިވާނަމަ ރެފްރީންގެ ލިޔުން ވަނަވަރާއެކު ހުށައަޅަންވާނެވެއެވެ. އަދި ވަނަވަރުގައި ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.)
- އެޓެސްޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ.
- ވަޒީފާއެއް އަދާކޮށްފައިވާނަމަ، ވަޒީފާއަދާކުރި ތަނަކުން އަދާކުރި ވަޒީފާގެ މުއްދަތާއި ކުރި މަސައްކަތް އެނގޭނޭ ލިޔުމެއް.
ސުންގަޑި
- މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ލިޔެކިއުންތައް ހުށައަޅާނީ، 3 ސެޕްޓެމްބަރ 2019 ވާ އަންގާރަދުވަހުގެ ދުވަހުގެ 14:00ގެ ކުރިން މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސް، ބިއްލޫރިޖެހިގެ / މަޖީދީމަގު އަށެވެ.
އިތުރު މަޢުލޫމާތު:
މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ގުޅުއްވާނީ ފޯނުންނަމަ 3013017 /3027575 އަށް، އަދި އީ-މެއިލް އިން ނަމަ hr@gender.gov.mv އަށެވެ.