ދިވެހިރާއްޖެ
c
އަރިއަތޮޅު އުތުރުބުރީ ރަސްދޫ މެޖިސްޓްރޭޓް ކޯޓު
އއ.ރަސްދޫ،
ދިވެހިރާއްޖެ.
ނަންބަރު: U2MC-A/2019/07
އިޢުލާން
އއ. ބޮޑުފޮޅުދޫ މެޖިސްޓްރޭޓް ކޯޓު ހިންގުމަށް ލިބިފައިވާ ޢިމާރާތުގައި ކުރަންހުރި މަރާމާތުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންފުޅުވާ ފަރާތްތަކަށް މި މަސައްކަތާއިގުޅޭ މަޢުލޫމާތު ދިނުމުގެ ސެޝަން އޮންނާނީ 29 އޮގަސްޓް 2019 ވަނަ ދުވަހުގެ 13:30 ގައި، އަދި، އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 04 ސެޕްޓެމްބަރ 2019 ވަނަ ދުވަހުގެ 13:30 ގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން، އއ. ރަސްދޫ މެޖިސްޓްރޭޓް ކޯޓު އަދި އއ. ބޮޑުފޮޅުދޫ މެޖިސްޓްރޭޓް ކޯޓުގައެވެ. އަދި، މަޢުލޫމާތު ދިނުމުގެ ސެޝަނަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތެއް ނޯންނާނެއެވެ.
އަންދާސީ ހިސާބު ހުށަހެޅުމަށްޓަކައި ބޭނުންވާ ލިޔުންތައް، މަޢުލޫމާތުދޭ ސެޝަންގައި ބައިވެރިވެވަޑައިގަންނަވާ ފަރާތްތަކަށް ލިބިވަޑައިގަންނަވާނެއެވެ.
މިކަމަށް މިކޯޓުން ކުރި ނަންބަރު: U2MC-A/2019/06 (03 ޖުލައި 2019) އިޢުލާނާ ގުޅިގެން އެންމެ ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައިވާތީ، އެ އަންދާސީ ހިސާބު ބާޠިލްކޮށް އަލުން އިޢުލާން ކުރީމެވެ.
25 ޛުލްހިއްޖާ 1440
27 އޮގަސްޓް 2019
ޢަބްދުﷲ ޝާކިރު
ކޯޓް އެޑްމިނިސްޓްރޭޓަރ