ދިވެހިރާއްޖެ
އިޢުލާން |
|
(IUL)475-Schol/475/2019/127 ނަންބަރު: |
ތާރީޚް: 28 އޮގަސްޓް 2019 |
Swiss Government Excellence Scholarship |
|
ދިވެހިރާއްޖޭގެ ދަރިވަރުންގެ ތެރެއިން، ސްވިސް ގަވަރމެންޓްގެ ޕީއެޗްޑީ ސްކޮލަރޝިޕް، ޕޯސްޓްޑޮކްޓޯރަލް ސްކޮލަރޝިޕް އަދި ރިސަރޗް ފެލޯޝިޕްގައި ބައިވެރިވުމަށް ޝައުގުވެރިވާ ދަރިވަރުންނަށް 01 ނޮވެމްބަރ 2019ގެ ނިޔަލަށް ފުރުޞަތު ހުޅުވާލާފައިވާކަން އެ ގައުމުގެ "ފެޑެރަލް ކޮމިޝަން ފޯރ ސްކޮލަރޝިޕްސް" އިން ވަނީ އަންގާފައެވެ.
މި ސްކޮލަރޝިޕަށް އޮންލައިން އެޕްލިކޭޝަން ހުށަހެޅުމާއި، ކޯސްތަކާއި ގުޅޭ އެހެނިހެން ތަފްސީލް https://www.sbfi.admin.ch/sbfi/en/home/education/scholarships-and-grants/swiss-government-excellence-scholarships/countrys-m---z.html ވެބްސައިޓުން ލިބޭނެ ކަމުގައިވެސް ދެންނެވީމެވެ. އަދި މި ސްކޮލަރޝިޕްގެ ދަށުން ކޯސްތަކާއި ގުޅޭ މަޢުލޫމާތު ކަރުދާހެއް މިމިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އިންވެސް ލިބެން ހުންނާނެއެވެ.
* މިކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އިން ޤަބޫލުކުރާ ޔުނިވަރސިޓީއެއްތޯއާއި، ހޮވިފައިވާ ކޯހަކީ އެމްކިޔުއޭ އިން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރެއްވުން އެދެމެވެ. |