ދިވެހިރާއްޖެ
އިޢުލާން |
||||||||||||||||||||||
ނަންބަރު: (IUL)475-Schol/475/2019/128 |
ތާރީޚް: 01 ސެޕްޓެމްބަރ 2019 |
|||||||||||||||||||||
ޕާކިސްތާން ޓެކްނިކަލް އެސިސްޓަންސް ޕްރޮގްރާމް (ޕީ.ޓީ.އޭ.ޕީ) 2019 - 2020 |
||||||||||||||||||||||
ޕާކިސްތާން |
ޤައުމު: |
|||||||||||||||||||||
ބެޗްލަރސް ޑިގްރީ |
ލެވެލް: |
|||||||||||||||||||||
- 04 އެމް.ބީ.ބީ.އެސް - 1 ބީ.ޑީ.އެސް - 01 ޑީ. ޕާމަސީ - 02 ބީ.އެސް.ސީ. އިންޖީނިއަރިންގ |
ކޯހުގެ އަދަދު: |
|||||||||||||||||||||
ބެޗްލަރސް ޑިގްރީގެ ޝަރުތު:
ހ. CAE/CPE އިން "ސީ" އިން ފެށިގެން މަތީގްރޭޑެއް ށ. IELTS އިން އޯވަރރޯލް ސްކޯރ 6.0 އިން ފެށިގެން މަތި ނ. TOEFL 550 އިން ފެށިގެން މަތި. ރ. ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ ނުވަތަ އެއާއި އެއްފެންވަރުގެ އިމްތިޙާނަކުން އިނގިރޭސިން "ސީ" އިން ފެށިގެން މަތީގްރޭޑެއް. ނޯޓް: އެމް.ބީ.ބީ.އެސް، ބީ.ޑީ.އެސް އަދި ޑީ-ފާމަސީ އަށް މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްއިން ކަނޑައަޅާފައިވާ ޝަރުތު ފުރިހަމަވުން.
އެދިވަޑައިގަންނަވާ ކޯހަކާގުޅޭ ޝަރުތުތަކުގެ އިތުރުން ފުރިހަމަވާންޖެހޭ ޝަރުތުތައް: 1. ތަޢުލީމު ހާސިލުކުރެއްވުމަށް ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން އެހީ ލިބިވަޑައިގެންފައިވާނަމަ އެންމެ ފަހުގެ އެހީއަށްފަހު، މި އިޢުލާނުގެ ސުންގަޑިއަށް، ތިރީގައިވާ މުއްދަތަށް ދިވެހިރާއްޖެއަށް ޚިދުމަތްކުރައްވާފައިވުން. ހ. ފުލް ސްކޮލަރޝިޕެއްނަމަ މަދުވެގެން 2 އަހަރު ށ. ޕާޝަލް ސްކޮލަރޝިޕެއްނަމަ މަދުވެގެން 1.5 އަހަރު ނ. ލޯނު އެހީއެއްނަމަ މަދުވެގެން 1 އަހަރު 2. ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން ނުވަތަ މި މިނިސްޓްރީ މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަންގަވާފައިވާނަމަ އެ ލޯނެއް އަނބުރާ ދައްކަވައި ޚަލާސްކުރައްވާފައިވުން. 3. އެދިވަޑައިގަންނަވާ ކޯހަކީ މިހާރު ފުރިހަމަކުރައްވާފައިވާ ކޯހަކަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވުން. އަދި އެދިވަޑައިގަންނަވާ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރައްވަމުންދާ ދަރިވަރެއް ކަމުގައިވެސް ނުވުން. 4. އިޢުލާނާއިއެކު މި މިނިސްޓްރީގެ ވެބްސައިޓަށް އަޕްލޯޑް ކުރެވިފައިވާ ކޯހުގެ އިންފޮމޭޝަން ޝީޓްގައި އިތުރު ޝަރުތެއް ވާނަމަ އެޝަރުތު ފުރިހަމަވުން. |
ކޯހުގެ ޝަރުތު: |
|||||||||||||||||||||
ފުރިހަމަކުރައްވާފައިވާ އެޕްލިކޭޝަން ފޯމާއެކު ހުށަހަޅުއްވަން ޖެހޭތަކެތި. - ފުރިހަމަކޮށްފައިވާ ޕާކިސްތާން ޓެކްނިކަލް އެސިސްޓަންސް ޕްރޮގްރާމްގެ އެޕްލިކޭޝަން ފޯމާއި އޭގައި ބަޔާންކޮށްފައިވާ ތަކެތި - ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. - ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ. - ޕާސްޕޯޓްގެ ކޮޕީ - 4 ފޮޓޯ (ޕާސްޕޯޓް ސައިޒް) - ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ - އެމް.ބީ.ބީ.އެސް، ބީ.ޑީ.އެސް އަދި ޑީ-ފާމަސީ އަށް މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްއިން ކަނޑައަޅާފައިވާ ޝަރުތު ފުރިހަމަވާކަން އަންގައިދޭ ލިޔުން. - ތަޢުލީމް ހާސިލުކުރައްވަން ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން އެހީ ލިބިވަޑައިގަތްނަމަ، އެންމެފަހުގެ އެހީއަށްފަހު، އެއެހީއަކާ ގުޅޭގޮތުން ޚިދުމަތްކުރެއްވުމަށް މި އިޢުލާންގައި ބަޔާންކޮށްފައިވާ މުއްދަތަށް ޚިދުމަތްކުރައްވާފައިވާކަން އަންގައިދޭ ރަސްމީ ލިޔުން. - ޚިދުމަތްކުރުމަށް ބޮންޑެއް އޮތްބޭފުޅެއްނަމަ، ބޮންޑުކުރި ތަނަކުން އެބޭފުޅަކު މި ކޯހަށް ދޫކުރާނެކަމުގެ ލިޔުން. |
ހުށަހަޅަންޖެހޭ ތަކެތި: |
|||||||||||||||||||||
- ކެންޑިޑޭޓުން ނޮމިނޭޓް ކުރާނީ އެކަޑަމިކް މެރިޓަށް ޕޮއިންޓްދީގެން އެންމެ މަތިން ޕޮއިންޓް ލިބޭ ތަރުތީބުންނެވެ. މިގޮތަށް ޕޮއިންޓްދޭގޮތުގެ ތަފްޞީލު މި ޑިޕާޓްމަންޓްގެ ވެބްސައިޓްގައި ހުންނާނެއެވެ. - މިސްކޮލަރޝިޕަށް ހޮވޭ ދަރިވަރުންގެ ފައިނަލް ސިލެކްޝަން ހެދުމަށް ހަމަޖެހިފައިވަނީ، ޕާކިސްތާނުގެ ޕީ.ޓީ.އޭ.ޕީ ގެ ފަރާތުންނެވެ. - މި ސްކޮލަރޝިޕްތަކަށް ހޮވޭ ފަރާތްތަކުން 2019 ވަނަ އަހަރުގެ ސެޕްޓެމްބަރ ނުވަތަ އޮކްޓޯބަރ މަހުގައި ކިޔެވުމަށް ފުރަންޖެހުން އެކަށީގެންވެއެވެ. - މި ކޯސްތަކުގެ ހުރިހާ ޚަރަދެއް ކުރުމަށް ހަމަޖެހިފައިވަނީ ކޯހަށް ހޮވޭ ދަރިވަރުން އަމިއްލަފުޅަށެވެ. އަދި މި ސްކޮލަރޝިޕް - ކޮލެޖްތަކުގެ ހޮސްޓަލް ފީއަކީ ކެއުމުގެ ޚަރަދު ނުލާ މަހަކު $150-$200 އާއި ދެމެދު އަދަދެކެވެ. - ތިރީގައި މިވަނީ މިސްކޮލަޝިޕްގެ ދަށުން ދިނުމަށް ހަމަޖެހިފައިވާ ފުރުޞަތުތަކުގެ އަދަދާއި އެ ފުރުޞަތުތަކުގެ ސަބްސިޑައިޒް ފީގެ މަޢުލޫމާތެވެ.
- މި ޑިޕާޓްމަންޓުގެ ލޯނު ސްކީމުގެ ދަށުން ކިޔެވުމަށް ލޯނު އެހީ ހަމަޖެހިފައިވާ، އަދި އެއްވެސް ޕޭމަންޓެއް ބޭނުންނުކުރާ ދަރިވަރުންނަށްވެސް ކުރިމަތިލެވޭނެއެވެ.އެއީ ސްކޮލަރޝިޕަށް ހޮވިއްޖެނަމަ، ލޯނުގެ ފުރުޞަތު ދޫކޮށްލާގޮތަށެވެ. - ބެޗެލަރސް ޑިގްރީއަށް ހުށަހަޅުއްވާ ކެންޑިޑޭޓުންގެ ތެރެއިން، އެއް ކެންޑިޑޭޓަކަށްވުރެ ގިނަ ކެންޑިޑޭޓުން ޕޮއިންޓްގެ ގޮތުން އެއްވަރުވާނަމަ، ކެންޑިޑޭޓަކު ހޮވުމުގައި ބައިވެރިވެފައިވާ ހުރިހާ މާއްދާތަކަށް (އެޗް.އެސް.ސީ އިމްތިހާނުގެ އިސްލާމް އަދި ދިވެހި ހިމެނޭގޮތަށް) ބެލެވޭނެއެވެ.
|
އިތުރު މަޢުލޫމާތު |
|||||||||||||||||||||
އެޕްލިކޭޝަން ހުށަހެޅުއްވުމުގެ ސުންގަޑި: 2019 ސެޕްޓެމްބަރ 5 ވާ ބުރާސްފަތި ދުވަހުގެ 13.30 ގެ ކުރިން އެޕްލިކޭޝަން ހުށަހަޅުއްވާނީ: https://myedu.egov.mv/ ޕޯޓަލް މެދުވެރިކޮށެވެ. |
||||||||||||||||||||||
އިތުރު މަޢުލޫމާތު www.mohe.gov.mv އިންނާއި 3413833 / 3341307 ނަންބަރު ފޯނުން ލިބިވަޑައިގަންނަވާނެއެވެ. |
||||||||||||||||||||||