ދިވެހިރާއްޖެ
ނަންބަރ : IUL)MMPRC-PRO/1/2019/62)
އިޢުލާން
މި ކޯޕަރޭޝަންގެ ލިޔެކިޔުންތަކާއި، ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ބޭނުންކުރާ ތަކެތި ރައްކާތެރިކޮށް ބަހައްޓާނެ ގުދަނެއް 03 އަހަރު ދުވަހުގެ މުއްދަތަށް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މަތީގައި ދެންނެވިފައިވަ މުއްދަތަށް ގުދަނެއް ކުއްޔަށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 2019 ސެޕްޓެމްބަރ 10ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 އަށް، ހ. ޒޮނޭރިޔާ، ދެވަނަ ފަންގިފިލާގައި ހުންނަ މި ކޯޕަރޭޝަންގެ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2019 ސެޕްޓެމްބަރ 17ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 އަށް ވަޑާއިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދަސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
04 މުޙައްރަމް 1441ހ.
03 ސެޕްޓެމްބަރ 2019މ.