ދިވެހިރާއްޖެ
ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީގެ ބޭނުމަށް Storage ގަތުމަށް 01 ޖުލައި 2019 ގައި ކުރި އިއުލާން ގެ LOT 2 އަށް އެކަށީގެންވާ ތަރުހީބު ލިބިފައި ނުވާތީ، އެ އިޢުލާންގެ LOT 2 ބާޠިލު ކޮށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 19 ސެޕްޓެމްބަރ 2019 ވާ ބުރާސްފަތި ދުވަހު 10:00 އަށް ނޭޝަނަލް ސެންޓަރ ފޮރ އިންފޮރމޭޝަން ޓެކްނޮލޮޖީގެ ޢިމާރާތަށް (64 ނަންބަރ ކޮށި، ކަލާފާނު ހިނގުން) ހާޟިރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިއުލާނާއި އެކު އެއްކަރުދާސް ކުރެވިފައިވާނެ ވާހަކަ ދަންނަވަމެވެ. އަދި މި އިދާރާގެ ވެބްސައިޓް www.ncit.gov.mv ގައި ޝާއިއުކުރެވިފައިވާނެއެވެ.
އިތުރު މައުލޫމާތު ހޯއްދެވުމަށް:
ޕްރޮކިއުމަންޓް ސެކްޝަން
ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ
ކަލާފާނު ހިނގުން، މާލެ، ދިވެހިރާއްޖެ
ފޯން: 3344000
އީ-މެއިލް: procurement@ncit.gov.mv
13 މުޙައްރަމް 1441
12 ސެޕްޓެމްބަރ 2019