ދިވެހިރާއްޖެ
އިޢުލާން
ކުލީބިން ދޫކުރުމާއި ބެހޭ:
މިރަށު ބަނދަރު ސަރަހައްދުގައި އޮތް 20 އަދި 14 ނަމްބަރު ކުލީބިމާއި، ވޭސްޓްމެނޭޖްމަންޓް ސަރަހައްދުގައި އޮތް 34 އަދި 35 ނަމްބަރ ކުލީބިން ، ބީލަން އުސޫލުން ކުއްޔަށް ދޫކުރުމަށް ފުރުސަތު ހުޅުވާލަމެވެ.
ވީމާ، މަތީގައިވާ ބިންތައް ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކުން 22 ސެޕްޓެމްބަރ 2019 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 26 ސެޕްޓެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ ބީލަން ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހާޒިރު ނުވާފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެއެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
17 މުހައްރަމް 1441
16 ސެޕްޓެމްބަރ 2019