ދިވެހިރާއްޖެ
މިކުންފުނީގެ މި ދަންނަވާ ތަކެތި ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުން ވެއެވެ.
- 250 ހުސް ފީފާ (ބޭނުން ކޮށްފައި ހުރި)
މި ތަކެތީގެ ނީލަން ފެށޭ އަގަކީ 3,500.00 (ތިންހާސް ފަސްސަތޭކަ) ރުފިޔާއެވެ. މި ތަކެތީގެ ނީލަމަށް އިތުރު ކުރެވޭނީ މަދުވެގެން 150.00 (އެއްސަތޭކަ ފަންސާސް) ރުފިޔާއެވެ.
ވީމާ، މި ނީލަމުގައި ބައިވެރިވެވަޑައިގަތުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 2019 ސެޕްޓެންބަރު 18 ވާ ބުދަ ދުވަހުގެ 11:00 ށް މިކުންފުންޏަށް ވަޑައިގެން މި ތަކެތި ބެއްލެވުމަށް ފަހު، ހުށަހަޅުއްވާ އެންމެ މަތީ އަގު އަދި އައި.ޑީ.ކާޑު ގެ ފޮޓޯކޮޕީއަކާ އެކު ސިޓީއުރައެއްގައި ބަންދު ކުރެއްވުމަށް ފަހުު 2019 ސެޕްޓެންބަރު 18 ވާ ބުދަ ދުވަހުގެ 13:00 އަށް މި ކުންފުންޏަށް ވަޑައިގެން ހުށަހެޅުއްވުން އެދެމެވެ. އަދި މި ތަކެތީގެ ނީލަން ނިމޭތާ 02 ދުވަހުގެ ތެރޭގައި ނީލަން ކާމިޔާބު ކުރެއްވި ފަރާތުން، ފައިސާ ދެއްކެވުމަށް ފަހު ތަކެތި ގެންދަވަން ވާނެއެވެ. މި މުއްދަތުގައި ތަކެތި ނުގެންދަވައިފި ނަމަ ނީލަން ބާޠިލްކޮށް އެ ތަކެތި އަލުން ނީލަމަށް ލެވޭނެ ކަމަށާއި، ދެވަނަ ފަހަރަށް ކިޔާ ނީލަމުގައި، ނީލަމުން ތަކެތި ނެންގެވުމަށް ފަހު ނުގެންދެވި ފަރާތަށް ބައިވެރި ނުވެވޭނެ ކަމުގައި ދެންނެވީމެވެ.
މި ތަކެތި ބައްލަވައިލައްވަން ބޭނުންވެލައްވާ ފަރާތްތަކުން ނަންބަރު:7793503 ފޯނާ ގުޅުވުން އެދެމެވެ.
17 މުޙައްރަމް 1441
16 ސެޕްޓެންބަރު 2019