ދިވެހިރާއްޖެ
އެސްޓީއޯގެ ލޮރީއެއް ނީލަންކިއުން
އެެސްޓީއޯގައި ބޭނުންކޮށް ބައުވެފައިވާ މިދަންނަވާ ލޮރީ ނީލަމުގައި ވިއްކާލުމަށް ބޭނުންވެއެވެ.
- ރަޖިސްޓްރީ ނަންބަރ C2A1777
- މޮޑެލް ނަންބަރ MUDAN MD1044L
- ޗެސިސް ނަންބަރު LZACERS007B008016
- ނީލަން ފެށޭއަގަކީ 35،000ރ (ތިރީސްފަސްހާސް ރުފިޔާ)އެވެ.
- ނީލަމަށް އިތުރުކުރެވޭނީ މަދުވެގެން 2000.00ރ (ދެހާސް ރުފިޔާ)އެވެ.
މިލޮރީ ނީލަމުން ނަންގަވަން ބޭނުންވެލައްވާ ފަރާތްތަކުން އެސްޓީއޯ ސްޓާފްކުއަރޓަރސްއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 30 ސެޕްޓެމްބަރ 2019 ވާ ހޯމަ ދުވަހުން ފެށިގެން ކޮންމެ ދުވަހެއްގެ ހެނދުނު 09:30 އަށް އެސްޓީއޯ ސްޓާފްކުއަރޓަރސްއަށް ސިޓީއަކުން އަގު ހުށަހެޅުއްވުން އެދެމެވެ. ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ޖެހިޖެހިގެން ދެދުވަހު އެއްއަގެއް އޮވެއްޖެނަމަ އެއަގު ހުށަހެޅިފަރާތަކަށް ނީލަން ނިންމާލެވޭނެއެވެ. މިލޮރީގެ ނީލަމުގައި ބައިވެރިވެލައްވާ ފަރާތްތަކުން އަގު ހުށަހަޅުއްވާ ސިޓީތައް ކަޑައި އަގު އާއްމު ކުރާނީ ސިޓީލާ އެންމެންގެ ޙާޟިރުގައި އެދުވަހެއްގެ ހެނދުނު 09:35 ގައި ކަމުގައިވެސް ދެންނެވީމެވެ.
22 ސެޕްޓެމްބަރ 2019