ދިވެހިރާއްޖެ
އިޢުލާން
މިކުންފުނީގެ ފަރާތުން ހިންގަމުން ގެންދާ ތިލަފުށި އިންޖީނުގޭގައި ހުރި ހަލާކުވެ ބޭނުން ނުކުރެވޭ މި ދަންނަވާ ތަކެތި ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުން ވެއެވެ.
- ބާ ސާމާނުތަކެއް (ހަލާކުވެފައި)
- ކޭބަލް ބުރިތަކެއް (ހަލާކުވެފައި)
މި ތަކެތީގެ ނީލަން ފެށޭ އަގަކީ 40,000.00 (ސާޅީސް ހާސް) ރުފިޔާއެވެ. މި ތަކެތީގެ ނީލަމަށް އިތުރު ކުރެވޭނީ މަދުވެގެން 2,000.00 (ދެހާސް) ރުފިޔާ އެވެ.
ވީމާ، މި ނީލަމުގައި ބައިވެރިވެވަޑައިގަތުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 2019 ސެޕްޓެންބަރު 25 ވާ ބުދަަަ ދުވަހުގެ 11:00 އާއި 12:00 އާ ދެމެދު އެތަކެތި ބައްލަވާ، މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު، ނީލަން ފެށޭ އަގުގެ %50 އަށް ވާ 20,000.00 (ވިހި ހާސް) ރުފިޔާ ޑިޕޮޒިޓް ދެއްކުމަށް ފަހު ފައިސާ ދެއްކެވި ރަސީދުގެ ކޮޕީއާއެކު ހުށަހަޅުއްވާ އެންމެ މަތީ އަގު (އައި.ޑީ ކާޑްގެ ކޮޕީއާއެކު) ސިޓީ އުރައެއްގައި ބަންދުކޮށް 2019 ސެޕްޓެންބަރު 26 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މިކުންފުންޏަށް ވަޑައިގެން ހުށަހެޅުއްވުން އެދެމެވެ. މި ނީލަމުގައި ބައިވެރިވެވަޑައިގަތުމަށް ވަޑައިގަންނަވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިއުންތައް ފުރިހަމަނުވާ ނަމަ، ނީލަމުގައި ބައިވެރި ނުވެވޭނެއެވެ. އަދި މި ތަކެތީގެ ނީލަން ނިމޭތާ 02 ދުވަހުގެ ތެރޭގައި ނީލަން ކާމިޔާބު ކުރެއްވި ފަރާތުން، ފައިސާ ދެއްކެވުމަށް ފަހު ތަކެތި ގެންދަވަން ވާނެއެވެ.
ކޭބަލް ބުރިތައް ދޫކުރެވޭނީ ނީލަން ކިއުނު އެހެން ތަކެތި ގެންދިއުމަށްފަހުގައެވެ. މި މުއްދަތުގައި ތަކެތި ނުގެންދަވައިފި ނަމަ ނީލަން ބާޠިލްކޮށް އެ ތަކެތި އަލުން ނީލަމަށް ލެވޭނެ ކަމަށާއި، ދެވަނަ ފަހަރަށް ކިޔާ ނީލަމުގައި، ނީލަމުން ތަކެތި ނެންގެވުމަށް ފަހު ނުގެންދެވި ފަރާތަށް ބައިވެރި ނުވެވޭނެ ކަމުގައި ދެންނެވީމެވެ. މި ތަކެތި ބައްލަވައިލައްވަން ބޭނުންވެވަޑައިގަންނަވާ ފަރާތްތަކުން ފޯން: 7793503 އަދި 7993047 އާ ގުޅުއްވުން އެދެމެވެ.
މި ނީލަމުގައި ބައިވެރިވި ފަރާތްތަކަށް ޑިޕޮޒިޓް ފައިސާ ލިބޭނީ ބަންދު ދުވަސްތައް ނުހިމަނައި 5 ދުވަހުގެ ތެރޭގައި ކަމުގައިވެސް ދެންނެވީމެވެ.